ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަރްޔަމް” – ޓްރެއިލާއިން ސިޔާސީ ކުޅިގަނޑު!

❖ #ބަދަލެއްގެ ފެށުން
❖ ކަނޑިފަރު ދާއިރާއަށް “މަރްޔަމްް”!
މަރްޔަމްް” ނުކުންނަކީ ‘ޑާރޓީ ޕޮލިޓިކްސް’ ކުޅެން ދަންނަ ވަރުގަދަ ކެންޑިޑޭޓެއް ބަލިކުރުމަށް!

މީޑިއާނެޓްގެ ފުރަތަމަ އޮރިޖިނަލް ފީޗާ ފިލްމު “މަރްޔަމްް”ގެ ފުރަތަމަ ޓީޒާ މިރޭ އާއްމުކޮށްފިއެވެ. މި ޓީޒާ އާއްމުކޮށްފައިވަނީ މީޑިއާނެޓްގެ ރަސްމީ ފޭސްބްކް ޕޭޖްގައެވެ.

ސިޔާސީ ކުޅިގަނޑު ވަރުގަދައަށް ފެނިގެންދާނެ ފީޗާ ފިލްމު “މަރްޔަމްް”ގެ މި ޓީޒާއިން މަރްޔަމްގެ ކެމްޕޭން މަންޒަރުތަކާާއި، މަރްޔަމް ވާދަކުރާ ފިރިހެން ކެންޑިޑޭޓްގެ ‘ޑާރޓީ ޕޮލިޓިކްސް’ގެ ބައެއް މަންޒަރުތައްވެސް މި ޓީޒާއިން ފެނިގެންދެއެވެ.

‘އެއްކާފު’ގެެ މި އުފެއްދުމަކީ ވިސާން ކަނޑި ޑައިރެކްޓްކޮށް ކެމެރާކޮށްފައިވާ ފިލްމެކެވެ. ސްކްރީންޕްލޭ ލިޔުނީ އަހްމަދު ޒަރީރު އެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން މަރްޔަމް މަޖްދާ އާއި އަހްމަދު ސައީދުގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ފެނިގެންދާނެއެވެ.

ފިލްމު ”މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/Medianetmv/videos/257367735941931″ poster=”http://www.muniavas.com/wp-content/uploads/2021/02/MARYAM-campaign-4.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top