ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީއެފް 33 – ހުރިހާ ކެންސަރަކަށް ފަރުވާއެއް؟

ހުރިހާ ވައްތަރެއްގެ ކެންސަރަކަށް ފަރުވާއަކަށް ވާނެ ފަދަ ވައިރަސްއެއް ޔޫއެސްގެ ޕްރޮފެސަރަކު އީޖާދުކޮށްފިއެވެ. ޕްރޮފެސަރ ޔުމަން ފޮންގް ނަމަކަށް ކިޔާ ޔޫއެސްގެ ކެންސަރ އެކްސްޕާޓް ޕްރޮފެސަރަކު އީޖާދު ކުރި މި ވައިރަސްއަށް ސީ.އެފް 33 ގެ ނަމުން ނަން ދީފައިވާއިރު މިވައިރަސް މިހާރު ދަނީ އޮސްޓްރޭލިޔާގެ ކޮމްޕެނީއެއްގައި އިތުރަށް ތަރައްޤީ ކުރަމުންނެވެ.

މިވައިރަސް ޓެސްޓް ކުރުމަށްޓަކައި ކެންސަރު ޖެހިފައިވާ މީދަލަކަށް މިފަރުވާ ދީގެން ވަނީ ރަނގަޅުވެފައެވެ. އެހެންނަމަވެސް މީދަލަކަށް ފަރުވާއިން ޝިފާ ލިބުނަސް އެއީ އިންސާނުންނަށް ފަރުވާ ކުރެވޭނެ ކަމުގެ ހެއްކެއް ނޫން ކަމަށް ސައިންޓިސްޓުން ބުނެއެވެ.

އަންނަ އަހަރު ތެރޭގައި މިފަރުވާ އިތުރަށް ޓެސްޓުކުރުމަށްޓަކައި އުރަމަތީގެ ކެންސަރަށް ފަރުވާ ކުރަމުންދާ މީހުންނަށް ފަރުވާދިނުމަށްޓަކައި ބޭނުން ކުރާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މެލަނޯމާ، ފުއްޕާމޭގެ ކެންސަރު، އަދި ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބަލިމީހުންނަށް ވެސް މި ވައިރަސް ބޭނުންކޮށްގެ ފަރުވާ ޓެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެހެންކަމުން މިފަރުވާ އަކީ ކެންސަރުގެ ބަލިމީހުންނަށް ލިބިގެންދާނެ އާއުއްމީދެކެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top