ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޒަޚަމް” ވާހަކައިގެ ސިލްސިލާ ފިލްމު ބަލައިފިންތަ؟

ދިވެހިންގެ ތެރޭގައި އެއްމެ މަޤްބޫލުކަން ހޯދާފައިވާ އެއް ވާހަކަ ކަމަށްވާ ‘ޒަޚަމް’ ވާހަކަ ކިޔި ނުވަތަ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ހަފުތާގެ ވާހަކަ ސިލްސިލާއިން އެ ވާހަކަ އަޑުއެހި ނުވަތަ މިހާރު ‘ލަވަފޮށި’ން އަޑުއެހި، ހަމަ ކޮންމެ މީހަކުވެސް އެދޭނެ އެއްކަމެއް އޮންނާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެކަމަކީ އެ ހިތްގައިމު، އަސަރުގަދަ، ލޯބީގެ ވާހަކަ ފިލްމެއްގެ ސިފައިގައި ދުށުމެވެ. އެގޮތުން މުނިއަވަސް ގެ ކިޔުންތެރިންނަށް ވާނީ ތަންކޮޅެއް ކުރިން ‘ޞާޢިޤާ’ ފިލްމު ގެނެސްދީފައެވެ. ނަމަވެސް 3 ގަޑިއިރަށް ކުރުކޮށްލާފައިވާ އެ ފިލްމުން، އަސްލު ވާހަކައިގެ އެތައް ބައެއް މަދުކޮށްލާފައި ވުމުން ވާހަކައިގެ މޮޅުކަމާއި އަސަރެއް ފިލްމުގައި ގެނެސްދެވިފައެއް ނުވެއެވެ.

ޒަޚަމް ވާހަކަ އަކީ ޕާކިސްތާނުގެ ވަރަށް ފުންނާބު އުސް ލިޔުންތެރިއެއް ކަމަށްވާ ރާޒިޔާ ބަޓް ލިޔެފައިވާ ‘ޞާއިޤާ’ ވާހަކައިގެ ތަރުޖަމާއެކެވެ. މި ފުރިހަމަ ވާހަކައިގެ ސިލްސިލާ ފިލްމެއް ބަލައިލުމުގެ އެދުމަކީ ތާއަބަދު ކުރެވެމުން އައި އުއްމީދެކެވެ. ޕާކިސްތާނުގެ ޗެނަލް އެއްކަމަށްވާ ‘ހަމް ޓީވީ’ އިން ‘ޒަޚަމް’ ވާހަކައިގެ އޮރިޖިނަލް ވާހަކަ، ‘ޞާޢިޤާ’ އަށް މިވަނީ ހަމަ މިނަމުގައި އުރުދޫ ސިލްސިލާ ފިލްމެއް ގެނެސްދީފައެވެ.

ރާޒިޔާ ބަޓް ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ލިޔުންތެރިޔާ މޫމަލް ޝުނައިދު ލިޔެފައިވާ ވާހަކައަށް ތައްޔާރުކޮށްފައިވާ ސިލްސިލާ ފިލްމު ‘ޞާޢިޤާ’ ގެ 59 އެޕިސޯޑު ހިމެނެއެވެ. މި ސިލްސިލާ ފިލްމު، ‘ޞާޢިޤާ’ ގެ އަސްލު ވާހަކައަށްވުރެން ފުރިހަމަ ވެފައި އަސަރުގަދައެވެ. އެހެންކަމުން މި ސިލްސިލާ ފިލްމު ފަސޭހަކަމާއެކު ‘ޑެއިލީ މޯޝަން’ އިން ބަލައިލުމަށް ހުރި ދާލަން (ލިންކް) ތަކެއް ތިލަކޮށްލާނަމެވެ.

ފިލްމުގެ ޚުލާޞާ:-

މިވާހަކަ ބިނާވެފައިވަނީ ނާޖީ (ޝަރްވަތު ގިއްލާނީ) އާއި ޠާހިރު (މިކާލް ޒުލްފިޣާރް) އަށެވެ. ނާޖީ އަކީ އަވަށްގަނޑުގެ އަންހެންކުއްޖެކެވެ. ޠާހިރަކީ ނަވާބެކެވެ. ޠާހިރަށް ނާޖީދެކެ ލޯބިވެވި އިންނަން ބޭނުންވެއެވެ. ނަމަވެސް އޭރު ޠާހިރުގެ އެންގޭޖްމެންޓްވަނީ ފައުޒިއްޔާ (މެހެޖަބީން) އާއި ކުރެވިފައެވެ. ޠާހިރު، ނާޖީ އާއި ކައިވެނިކުރުމަށް ނަވާބު ޢާއިލާއިން ނުރުހެއެވެ. އެހެން ނަމަވެސް އާއިލާގެ ނުރުހުމުގައި ޠާހިރު އާއި ނާޖީ ކައިވެނިކުރެއެވެ. ފައުޒިއްޔާ އާއި މައިދަތަ ހުސްނުބާނޫ އާއި ޢާއިލާ މީހުންގެ އަނިޔާ އާއި ދުއްޕާންތަކާއި ހުރެ ނާޖީ އަމިއްލައަށް މަރުވުމަށް ފަރުބަދަތަކުގެ ވާދީމަތިން ފުންމާލައެވެ. ދަރިފުޅު ޞާޢިޤާ އާއި ޠާހިރު ދޫކޮށްލާފައެވެ. ނާޖީ ގެއްލުމުގެ ހިތާމައިގައި ޠާހިރު ވެސް އަމިއްލަ އަށް މަރުވެއެވެ.

ޠާހިރު އާއި ނާޖީގެ ދަރިފުޅަކީ ޞާޢިޤާ (ޖުއްގަން ކާޒިމް) އެވެ. ޞާޢިޤާ ހެދިބޮޑުވަނީ ރުޅިވެރިކަމާއި ބާކީކުރުން އިންތިހާއަށް އޮތް ނަވާބު ޢާއިލާ ގެ ބޮޑު ކިއްލާ އަލްހަމްރާ ގައެވެ. ޢާއިލާގެ ކޮންމެ މީހަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެއީ ޞާޢިޤާގެ ސުންޕާކަމާއި އެސްފީނާގެ ސަބަބުން ވާކަމެއްކަމަށް ބުނެ ބަދު ބަސްތައް ތާއަބަދު އިއްވަމުންދެއެވެ. ޢާއިލާ ތެރެއިން މަސައްކަތްކުރަމުން ދަނީ ޞާޢިޤާގެ ކިބައިން މިންޖުވުމަށް ‘ޕްލޮޓަކަށް ފަހު ޕްލޮޓެއް’ ރޭވުމުގައެވެ. ރީހާން (އަހްސަން ޚާން) ވެސް އެންމެ ކުޑަައިރުންފެށިގެން ޞާއިޤާ ދެކެ އިންތިހާއަށް ރުޅިއާދެއެވެ. ނަމަވެސް އެ ރުޅިވެރިކަން ފަހުން ލޯތްބަށް ބަދަލުވެގެން ދެއެވެ. ސަމީރާ (މަދީހާ އިފްތިކާރް) އަކީ ޞާޢީޤާ އާއި ދެބެންގެ ދެދަރި ކުއްޖެކެވެ. ފައުޒިއްޔާގެ ދަރިފުޅެވެ. ސަމީރާ ވެސް ރީހާން ދެކެ ލޯބިވެއެވެ. ޢާއިލާއިން ނިންމާފައިވަނީ ސަމީރާ އާއި ރީހާން ކައިވެނި ކުރުވުމަށެވެ. ރީހާން، ޞާޢިޤާ ދެކެ ލޯބިވާކަން އެނގުމުން ޞާޢިޤާ ދެކެ ސަމީރާ އަންނަ ރުޅި އިންތިހާއަށް އިތުރުވިއެވެ. ވާހަކަ ނުވަތަ ފިލްމު ނިމިގެންދަނީ ވަރަށް ޝައުޤުވެރި ކުރުވާ ކަންތައްތަކެއް ގެންނަމުންނެވެ. ދެން މި ދިގު ސިލްސިލާ ފިލްމު ބަލައިލުން ރަނގަޅުވާނެ އެވެ.

ޞާޢިޤާ – ފުރަތަމަ ބައި

https://www.dailymotion.com/video/x2fdrkq

ޞާޢިޤާ – ދެވަނަ ބައި

https://www.dailymotion.com/video/x2fds18

ޞާޢިޤާ – ތިންވަނަ ބައި

https://www.dailymotion.com/video/x2fdsdh

ޞާޢިޤާ – ހަތަރުވަނަ ބައި

https://www.dailymotion.com/video/x2fdspa

ޞާޢިޤާ – ފަސްވަނަ ބައި

https://www.dailymotion.com/video/x2fdswr

ޞާޢިޤާ – ހަވަނަ ބައި

https://www.dailymotion.com/video/x2fdt5y

‘ޞާޢިޤާ’ ސިލްސިލާ ފިލްމުގެ 59 އެޕިސޯޑް، ޑެއިލީ މޯޝަން ގައި ގެނެސްދީފައިވަނީ ހަބަޔަކަށެވެ. އެ ހަބައި (ސިލްސިލާ ފިލްމު) އެއްކޮށް މިވަނީ ހިމަނާލެވިފައެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Qurubaanee3 އަހަރު ކުރިން

anhen kudhin shikaara koggen ulhun raskaleh nikamethi anhen jujjaku dheke loabive e loabi haasilu kuran kuri masakkathaai kaamiyaabu hoadhi gothuge vaahaka v.kurin dhivehiraajeeyge adun gensdhin vaahaka eh

tharujama3 އަހަރު ކުރިން

varah kurin radio in gensdhin Qurubaanee kiya vaakaige dhivehi tharujama vaahaka kiyaalan libidhaanetha

އަޙްމަދު ރަޝީދު3 އަހަރު ކުރިން

Qurbani- vaahakaige kuru tha’aaraf Eh dhevvidhaanetho?

Saiga3 އަހަރު ކުރިން

alhe dhen neitha ehen silsila eh. haadha salhi ey meethi. liben othiyya qurubaanee kiyaa story laidheebala please

އައްޔާ އާޝި3 އަހަރު ކުރިން

ސާއިޤާ ޑްރާމާ އެޕިސޯޑްތައް ޑައުންލޯޑް ކުރެވޭނެ ލިންކެއް ލިބިދާނެތޯ؟

Home
Menu
Search
Back to top