އދ. އޮމަަދޫ ‘ކުރިއިން ގެސްޓް ހައުސް’ގައި ހުރެފައި ދިޔަ ފަތުރުވެރިއެއް ކޮވިޑް-19 އަށް ފައްސިވެފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
މި ފަތުރުވެރިޔާ އޮމަދޫން ފުރާފައިވަނީ 28 ފެބްރުވަރީ 2021 ގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. އެގޮތުން ރޭންޑަމް ސާމްޕަލްތަކެއްވެސް ނަގާފައިވާކަމަށް އެރަށު މީހަކު މަޢުލޫމާތުދެމުން ބުންޏެވެ.
އޮމަދޫ މީހަކު ބުނި ގޮތުގައި އެ ފަތުރުވެރިޔާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ އޭނާ އެރަށުން ފުރިފަހުންނެވެ.
މި ކޭސްއާ ގުޅޭ މަޢުލޫމާތެއް އެޗްއީއޯސީ އަދި އެޗްޕީއޭ އިން މިވަގުތާ ހަމައަށް ހާމަކޮށްފައެއް ނުވެއެވެ.
އޮމަދޫގައި އިއްޔެ ކައިވެނި ޕާޓީއެއްވެސް ބާއްވާފައިވެއެވެ. ގިނަ ބަޔަކު ބައިވެރިވި އެ ޕާޓީ ބޭއްވީ ރަށުގެ ހުޅަނގު ތުނޑީގައެވެ.
ކިޔުންތެރިންގެ ޚިޔާލު
