ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހައްދު” ގެ ޓިކެޓް ވިއްކުމަށް ދަތިތަކެއް ކުރިމަވެއްޖެ

މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރު އަބްދުލް ފައްތާހްގެ “ހައްދު” އަލުން ބޮޑު ސްކްރީނަށް އަންނައިރު، ފިލްމުގެ ޓިކެޓް ވިއްކުމަށް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

އޮލިމްޕަހުގެ ކައުންޓަރުގައި ކަރަންޓު ނެތި “ހައްދު” ގެ ޓިކެޓް ވިއްކަން ދަތިވެފައި ވިޔަސް އޮލިމްޕަހުން ޓިކެޓް ވިއްކެންދެން 7710088 ނަންބަރު ފޯނާއި ގުޅުއްވުމުން ޓިކެޓް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ޓިކެޓް ޑެލިވަރ ކޮށްދޭނެ ކަމަށް ފިލްމު ގެ ކަންތައްތަކުގައި މިވަގުތު އިސްވެ ހަރަކާތްތެރިވާ އިބްރާހީމް ވިޝާން ބުންޏެވެ.

“ހައްދު” ގެ ޓިކެޓް ވިއްކަން ފަށާފައިވީ ނަމަވެސް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުގައި ކަރަންޓު ނެތުމުގެ ސަބަބުން ޓިކެޓް ވިއްކުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އިބްރާހީމް ވިޝާން (ކަނޑި) ބުނެއެވެ.

“ހައްދު” ގެ 54 ޝޯ މާލެ އާއި ހުޅުމާލޭގައި ދައްކާފައިވާއިރު، 10 ރިޒޯޓާއި ރާއްޖޭގެ 89 ރަށެއްގައިވެސް ފިލްމު ވަނީ ސްކްރީންކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top