ފަރްހާން އަޚްތަރާއި މުރްނާލް ޓާކުރް ލީޑް ރޯލު ކުޅޭ “ތޫފާން” އޮންލައިން ޕްލެޓްފޯމް، އެމެޒަން ވީޑިއޯ ޕްރައިމްގައި ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ.

ފަރްހާން ބޮކްސިންގ ތަޅާ މީހެއްގެ ރޯލު ކުޅޭ “ތޫފާން” ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ސިނަމާތައް ހުޅުވާލުމާއެކު ފިލްމުތައް ރިލީޒްކުރަން ވަނީ ފަށާފައެވެ. ނަމަވެސް އަދިވެސް ބަލިމަޑުކަމުގެ ހާލަތު ރަނގަޅު ނުވާތީ އޮންލައިންކޮށް ފިލްމު ރިލީޒްކުރަން ނިންމީ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ޕަރޭޝް ރަވާލްވެސް މުހިންމު ރޯލެއް ކުޅޭ މި ފިލްމުގެ ޓީޒާ މި ހިނގާ މާރިޗު މަހުގެ 12 ގައި އާންމުކުރަން ވަނީ ނިންމާފައެވެ. ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކުރާ “ތޫފާން” އަންނަ މެއި މަހުގެ 21 ގައި އެމެޒަން ވީޑިއޯ ޕްރައިމްއިން ސްޓްރީމް ކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.