ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޫހީ” އަށް ލިބޭ ތަރުހީބު ބޮޑުކަމުން ވަރޫން ޝަރްމާ އުފަލުން ފޮޅިފައި

ހާދިކް މެހެތާ ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ ބޮލީވުޑްގެ ފިލްމު “ރޫހީ” ރިލީޒްކުރީ މިމަހު 11ވަނަ ދުވަހުއެވެ. ފިލްމު ރިލީޒްކުރި ފަހުން ފިލްމަށް ލިބެމުން އަންނަ ތަރުހީބުގެ ބޮޑުކަމާހުރެ އެންމެ އުފަލުން ހުރީ ވަރޫން ޝަރްމާ އެވެ.

ވަރޫން ޝަރްމާގެ ހެއްވާ މަޖާ ރޯލުތަކަކީ އެންމެެންނަށް ކަމުގޮސްފައިވާ މަގުބޫލު ރޯލުތަކެކެވެ. ފިލްމު “ފުކްރޭ” އާާއި “ޗިއްޗޯރޭ” އިން އޭނާއަށް ބޮޑު ތަރުހީބަކާއި ލޯތްބެއް ބެލުންތެރިންގެ ފަރާތުން ލިބިފައިވެއެވެ. އޭނާގެ ހުނަރުވެރިކަމުގެ ތާޖަށް އަނެއްކާވެސް މިވަނީ ބޮޅެއް އިތުރުވެފައެވެ. ފިލްމު “ރޫހީ”ގައި އޭނާ ކޮށްފައިވާ މޮޅު އެކްޓިންގެ ސަބަބުން ތަރުހީބު އޮހެމުން އަންނަނީ އިންތިހާއަށެވެ. މި ފިލްމުގައި ވެސް ވަރޫން ޝަރުމާގެ ކޮމެޑީ ފެންނަނީ ނުހަނު މޮޅަށެވެ.

ބިރުވެރި ކޮމެޑީ ފިލްމު “ރޫހީ” ގައި ވަރޫން ކުޅެފައިވަނީ ރޫހާނީ އަންހެނަކާ ކައިވެނިކުރަން ތައްޔާރު ވެފައިވާ އަރޫޝެއްގެ ރޯލެވެ. ރޫހާނީ އަރޫޝާގެ ރޯލު ކުޅެފައިވަނީ ޖާންވީ ކަޕޫރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top