♫♪♪ ދެކޭށޭ ހަނދާ ރީތި ތަރިތައް، ޔަގީނޭ މިތަން ހޯދަނީއޭ
ފެނިދާނެ އެކުގާ ކުރާހާ ސަމާސާ، ހެޔޮ ނުވާނޭ ތިހެން ކައިރިވީމާ
ގުޑާހެން ހީވޭ މޭ މަގޭ ♪♪♫

މީގެ އަހަަތުރަކެއް ކުރިން ރާއްޖޭގެ ލިޖެންޑަރީ އެކްޓްރެސް މަރިޔަމް ނިޝާގެ ކަންފަތް ބުޑުގައި ނިކަން ލޯބިން މިހެން ބުނެލީ ރާއްޖޭގެ ލިޖެންޑަރީ އެކްޓަރ ރީކޯ މޫސައެވެ. ޔޫސޭގެ “ޙައްޤު” ފިލްމަށް އުމަރު ޒާހިރުގެ ހިތްގައިމު އަޑުން ކިޔައދީފައިވާ ‘މޫނޭ ތިއީ ހިތް އެދޭ’ މި ލަވައިގައި މިއަދު ހަރަކާތްތެރިވެފައި މިވަނީ ޓިކްޓޮކްގެ މަޝްހޫރު ތަރި، އަދި އަރަމުން އަންނަ ފިލްމީ ތަރި މުޙައްމަދު ވިޝާލް (ރޯމަން) އެވެ. އަންހެން ބައިވެރިއަކަށް ހުރީ ހަމަ އެ ލަދުރަކި ހިތްގައިމު ހިނިތުންވުމާއެކު އޭރުވެސް ފެނިގެންދިޔަ މަރްޔަމް ނިޝާއެވެ. އަދިވެސް ހަމަ އެ ޗާލުކަމާ އެ ފަރި އަދާތަކާ އެކުގައެވެ.

@roamsss

The “mooney thee hiy edhey” Actress herself. One and only Mariyam nisha 😍

♬ original sound - Romies

♫♪♪ ލޯބިން ކޮށްދޭން ކޮންމެ ކަމެއްވެސް ގާތުގަ ހުންނާނަން
ހިތް ނޭދޭ ވައިރޯޅިއަކަށްވެސް ކައިރި ކަލާޔާ ވާން ♪♪♫

ރާއްޖޭގެ އެންމެ މަޝްހޫރުވި އެއް އެކްޓްރެސް ޝިރާާނީ ގާތުގައި ނިކަން ލޯބިން ރޯމަން ބުނެލިއެވެ. ޝިރާނީ އަށް ލިބެނީ ހައިރާންކަމެކެވެ. ލަދުވެތިކަމާއެކު ޝިރާނީގެ ހިތްގައިމު ހިނިތުންވުމުގައި ޝިރާނީ ހުރެއެވެ. ރޯމަންގެ ކުޅަދާނަ އެކްޓިންއާއެކު ޝިރާނީއަށް ވަޢުދުވަމުން ދިޔަައީ ރޯމަންގެ ޓިކްޓޮކް ވީޑިއޯއެއްގައެވެ. ފާޠުމަތު ނަހުލާގެ ކާމިޔާބު ފިލްމު “ކަލާޔާ ނުލާ”ގެ ‘ނޭދެން ވަކިވާކަށް’ ލަވައިގައި ޔޫއްޕެ އަދާކުރި ރޯލުން މިފަހަރު މި ފެނުނީ ރޯމަން އެވެ.

♫♪♪ އިންކާރު ކުރަން ސީދާ، ނުކެރޭކަން އެނގޭތީހޭ
ކުރިމަތީ އިންދަ މޫނަށް، ތިހާވަރަށް މާތްކަލާއްކޮ ނުބަލާށެ ލަދުގަނެޔޭ ♪♪♫

މީގެ އަހަރުތަކެއް ކުރިން، ފިލްމީ ހަޔާތަށް ނިއުމާ ވަން ދުވަސްކޮޅު، މުޙައްމަދު ވިސާން (ކަނޑި)އާ އެކު ފެނިގެންދިޔަ މި ހިތްގައިމު ލޯބީގެ ލަވައިގަައި ކަނޑިއަށް މުޚާޠަބުކޮށް، ހިތްގައިމު، ހުނަރުވެރި އެކްޓްރެސް ނިޢުމާ ބުނީ ކުރިމަތީގައި އިންދާ އެހާވަރަށް އޭނާގެ މޫނަށް ބެލުމުން ލަދުގަންނަ ކަމަށާ އެހާވަރަށް މޫނަށް ނުބެލުމަށެވެ.

♫♪♪ އިހުސާސް ވަނީ ފިނިކަން، ހަނުހުންނަން ޖެހޭތީއޭ
ރުޅިއަޔަސް ކެތްނުވާނޭ، ބެލޭނެޔޭ ރަންކޮޅާއޭ ނުބުނާށެ ލަދުގަނެޔޭ ♪♪♫

ނަމަވެސް ވިސާން ބުނީ ހަނުހުންނަން ޖެހުމުން ފިނިކަން އިހުސާސްވާ ކަމަށާ، ލަދުގަނެޔޭ ކިތަންމެ ވަރަކަށް ބުންޏަސް އަދި ރުޅި އަޔަސް ބެލޭނެ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ނިޢުމާ ގާތުގައި ވިސާން ބުނި ޖުމްލަތައް މިއަދު ބުނެލީ ވިޝާލްއެވެ. ވިޝާލް (ރޯމަން)ގެ ހުނަރުވެރި އެކްޓިންއާއި މޫނުގެ އެކްސްޕްްރެޝަން އާއެކު ނިޢުމާގެ އަތުގައި ހިފައިލަމުންނެވެ.

@roamsss

The Queen Herself. ❤️

♬ original sound - Romies

ޓިކްޓޮކުން ވިދާލުމަށްފަހު ފިލްމީ ދާއިރާގައި ފައިތިލަ ސާާބިތުކޮށް، މި ދާއިރާގައި ފިޔަޖަހަން ފަށާފައިވާ ރޯމަންގެ ޓިކްޓޮކްގައި ރާއްޖޭގެ އެންމެ މަޝްހޫރު ތިން ބަތޮލާއިންނާއެކު ފެނިގެންގޮސްފައިވާ މި ވީޑިއޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިހައިތަނަށް އެންމެ އަލިގަދަކޮށް ވިދައިލި، އެ ވިދުމަށް އަދިވެސް ފަނޑުކަމެއް އައުމެއް ނެތި ތިބި ތިން ފަންނާނުންނަކީ ނިޝާ. ޝިރާނީ އަދި ނިޢުމާއެވެ. އަނެއްކޮޅުން، ވިޝާލް (ރޯމަން) އަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ތަރިއަކު ކުޅެފައި ނުވާފަދަ ތަފާތު ރޯލެއް، އޭނާ ފިލްމީ ދާއިރާއިން އަލަށް ފެނިގެން ދިޔަ ކާމިޔާބު ވެބް ސީރީޒް “އެހެނަސް” އިން ދައްކާފައިވާ ހުނަރުވެރި ތަރިއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.