އިންޑިޔާގެ ޒުވާން ފިރިހެން ކުދިންްތަކެއްގެ މައްޗަށް އެކުލެވޭ މަޝްހޫރު ޑާންސް ގްރޫޕް ’އެމްޖޭ5‘ އިން ވީޑިއޯ ލަވައެއް ރާއްޖޭގައި ޝޫޓްކޮށް ރިލީޒްކޮށްފިއެވެ. މި ލަވަ ޝޫޓްކޮށްފައި ވަނީ ’ކިހާ މޯލްޑިވްސް‘ ރިސޯޓްގައެވެ.
ކިހާ ރިސޯޓްގައި ޗުއްޓީހޭދަކުރަމުން އަންނަ އެމްޖޭ5 އަކީ ސޮނީ ޓީވީން 2013 ވަނަ އަހަރު ގެނެސްދިން އިންޑިއާސް ސުޕަ ޑާންސާ އިން މަގުބޫލުކަން ހޯދުމަށްފަހު މައިކަލް ޖެކްސަންގެ ނަމަށް ނިސްބަތްކޮށް އެ ގްރޫޕަށް ނަން ކިޔާފައިވާ ގްރޫޕެކެވެ.
ކިހާ ރިސޯޓްގައި އެ ގްރޫޕުން ޝޫޓްކުރީ ’ބަވާލް‘ ނަމަކަށް ކިޔާ ލަވައެވެ.
ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކުގައި ނަގާފައިވާ މި ވީޑިއޯ ރިލީޒްކޮށްފައިވާއިރު، ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މި ދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ލަވައަށް ހަތަރު މިލިޔަން ވިއުޒްއަށް ވުރެން ގިނައިން ލިބިފައިވެއެވެ.
ޔުނެސްކޯ ބަޔޯސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ގައި އޮންނަ ކިހާ މޯލްޑިވްސް އަކީ ފަސް-ތަރީގެ ރިސޯޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





ދިވެހިންނަށް ނޭންގޭ މިގޮތަށް ސަޅި ކޮށް ރާއްޖެ އިޝްތިހާރު ކޮށްލަން ލަވައެއް ކުޅެލަން