މިނިސްޓަރ އޮފް ޔޫތުސް އެންޑް ސްޕޯޓްސް އަޙްމަދު މަހުލޫފުގެ ދަރިފުޅު ލައިބާ އަޙްމަދު މަހުލޫފް (އެލީ) އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު ޢަލީ ކިޔާފައިވާ “ޖީނޭ ކި ވަޖާ”ގެ ވީޑިއޯ ބަލައިފިން ހެއްޔެވެ؟ ޒީ މިއުޒިކް ކުންފުނިން އުފައްދާފައިވާ މި ހިތްގައިމު ލަވަ މިހާރު ޔޫޓިއުބުން ބަލައިލެވޭނެއެވެ.

ޖާވިދު ޢަލީ އާއި ލައިބާ ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ފީރޯޒް އޭ. ޚާން އާއި ލައިބާ އެވެ.

މިއީ ހިންދީ ބަހަށް ނުހަނު ޝަޢުޤުވެރިވާ އެލީގެ ފުރަތަމަ ހިންދީ ލަވައެވެ.

މަހްލޫފް ޓްވިޓަރގައި މި ލަވައިގެ ޓްރެއިލާ ހިއްސާކުރައްވަމުން އިއްޔެ ވިދާޅުވީ، ޒީ މިއުޒިކް ކުންފުނިން އެލީއާއެކު ނެރޭ މި ލަަވައަކީ އެލީގެ ފުރަތަމަ އޮރިޖިނަލް ހިންދީ ލަވަކަމަށާ އެކަމާ ވަރަށް އުފާވާ ކަމަށެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ، އުމުރުން ތިން އަހަރުން ފެށިގެން އެލީ ހިންދި ބަހުން ވާހަކަދައްކަން ފަށާފައިވާ ކަމަށެވެ. އަދި ހިންދީ ލަވަތަކަށާއި ފިލްމްތަކަށް އެލީ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

https://www.youtube.com/watch?app=desktop&v=92dKWC5suWo

ލަވައިގެ ވީޑިއޯ ޓްވިޓަރ ގައި ހިއްސާކުރައްވަމުން މިނިސްޓަރ ޒީ މިއުޒިކް ކުންފުންޏަށް ޝުކުރުއަދާކުރައްވަމުން މަހުލޫފް ވިދާޅުވީ މިއަދު ހަޤީޤަތަކަށް ވެގެން މި ދިޔައީ ވޭތިވެ ދިޔަ 06 މަސްދުވަހު ނުހަނު ހިތްމަތާ މިންނަތާއެކު ކުރި މަސައްކަތެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.