ހިތްގައިމު ރީތި ލަވަތަކެއް ދިވެހި މިއުޒިކީ ބަގީޗާއަށް ނެރެމުން އަންނަ ން އަނެއްކާވެސް މުޅިން އައު ދެ ލަވަކިޔުންތެރިންނާއެކު “އިޢުތިރާފް”ގެ ނަމުގައި އަލްބަމެއް ނެރެފިއެވެ. ލަވަފޮށްޓަށް ނެރެފައިވ މި އަލްބަމުގައި ޖުމްލަ ހަ ލަވަ ހިމެނެއެވެ.

“އިޢުތިރާފް” އަލްބަމަށް ލަވަ ކިޔައިދީފައިވަނީ ތ. ހިރިލަންދުއަށް އުފަން ޒުވާން ދެ ފަންނާނުންނެވެ. މިއީ އަނެއްކާވެސް ން މި ދާއިރާއަށް ތަޢާރަފުކުރާ ވަރަށް ހުނަރުވެރި ދެ ފަންނާނުންނެވެ. އެގޮތުން އުމުރުން އެންމެ 20 އަހަރުގެ ނަޔާޒް އާއި މިވަގުތު ހިރިލަންދޫ ސްކޫލުގެ ގްރޭޑް 10ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ނިހާ، މި އަލްބަމުގެ ލަވަތައް ހުށައަޅާފައިވަނީ ވަރަށް ފުރިހަމައަށް ކަން ފާހަގަކޮށްލެވެއެވެ.

“އިޢުތިރާފު” އަލްބަމަށް ލަވަކިޔަދީފައިވާ ނަޔާޒް – ފޮޓޯ: އީއޯޕީ

“އިޢުތިރާފް” އަލްބަމްގެ ވެސް ހުރިހާ ލަވަތަކެއްގެ ޅެންތަކަކީ މަޝްހޫރު ޅެންވެރިޔާ ޢީސާ ޝަރީފުގެ ޅެންތަކެކެވެ. މިއުޒިކް، ރެކޯޑިން އަދި މިކްސިން ހަދާފައިވަނީ ހިރިލަންދޫގައި ހުންނަ އީއޯޕީ ސްޓޫޑިއޯގައެވެ.

މިމަހު ކުރީކޮޅުވެސް އީއޯޕީން ދެ އަލްބަމެއް ނެރެފައިވެއެވެ. “ބަލަބަލާ ހުއްޓައޭ” އާއި “ޤާތިލް” އަލްބަމުން ޤައުމީ ފެންވަރުގެ ދެ ލަވަކިޔުންތެރިންގެ ހިތްގައިމު ލަވަތަކެއް ގެނެސްދީފައިވެއެވެ. އެގޮޮތުން ޝާވިން ޙާމިދު ނިޝާންގެ ލަވަތަކަށް ބޮޑު ތަރުހީމެއް ލިބެމުން އަންނައިރު، އެ އަލްބަމަށް އިންޑިޔާގެ ޓީޗަރެއް ކިޔާފައިވާ ’މާޒީގެ ބިތްދޮށް‘ ވަނީ ބޮޑު ހިޓަކަށް ވެފައެވެ.

ން މި އަހަރު ރަމަޟާން މަހަށްވެސް މަދަހަ އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.