‘މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2’ގެ މަދަހަތައް މިފަހަރު އާއްމުކުރުމަށް ނިންމާފައިވަނީ އެޕިސޯޑްތަކަކަށް ބަހާލައިގެން ޕްރޮގްރާމް ތަކެއްގެ ސިފައިގައެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ އެޕިސޯޑް މިމަހުގެ 15ވަނަަ ދުވަހުގެ ރޭ 09:00 ގައި މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް ދައްކާނެއެވެ.
ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން މުބާރާތުގެ ވީޑިއޯތައް އެޑިޓްކޮށް ނިންމާފައިވާއިރު، މަދަހަތައް އާއްމުކުރާ ޕްރޮގްރާމުތަކުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ހަމައަށް ގެންގޮޮސްފައެވެ.
މިފަހަރު މަދަހަ ގެނެސްދޭނީ ތަފާތު ސްޓައިލެއްގައި ޓީވީ ޕްރޮގްރާމެއްގެ ގޮތަށެވެ. އެގޮތުން ޕްރޮގްރާމް ތަޢާރަފުކޮށްދެއްވާނީ ޢީސާ ޝަރީފް އެވެ. އެއަށްފަހު ޕްރޮގްރާމް ހުށައަޅައިދިނުމަށް ހަވާލުކޮށްލަނީ ޢީސަގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ނަޢުޝީން ޝަރީފް އާއި ނަޢުރީން ޝަރީފް އެވެ. މި ދެބެއިން ޕްރޮގްރާމް ގެނެސްދޭނީ ތަފާތު ސްޓައިލެއްގައެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/454173149245242″ poster=”http://www.muniavas.com/wp-content/uploads/2021/04/MMM-S02.jpg”]
‘މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2’ގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) އެވެ. ކޯ-ސްޕޮންސަރ އަކީ އިއްޔަ ރެކޯޑްސް އެވެ.
