ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުނިއަވަސް މަދަހަ މުބާރާތުގެ އެޕިސޯޑް 6 ރިލީޒްކޮށްފި

މުނިއަވަސް އޮންލައިން މަދަހަ މުބާރާތް ސީޒަން 2ގެ އެޕިސޯޑް 6ގެ މަދަހަތައް މުނިއަވަސް ފޭސްބްކް ޕޭޖް ގައާއި ލަވަފޮށި އެޕްގައި ރިލީޒްކޮށްފިއެވެ. މިއީ މި މުބާރާތުގެ މަދަހަތައް ގެނެސްދިނުމަށް ފެށި ޕްރޮގްރާމުގެ އެންމެ ފަހު އެޕިސޯޑެވެ.

މިރޭގެ އެޕިސޯޑްގައި ހިމަނާފައިވަނީ އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ބައިވެރިންގެ މަދަހަތަކެވެ. އެގޮތުން މި އެޕިސޯޑުގައި 09 ބައިވެރިންގެ މަދަހަ ގެނެސްދީފައިވެއެވެ.

މުބާރާތަށް ހުށައެޅުނު މަދަހަތަކަށް ފަނޑިޔާރުން އިންްސާފުކުރުމަށްފަހު، ނިންމުމުގެ ރަސްމިއްޔާތެއް އޮންލައިން މެދުވެރިކޮށް ތަފާތު ސްޓައިލެއްގައި ބޭއްވުމަށް ނިންމާފައިވެއެވެ. އެގޮތުން ފިތުރު ޢީދުގެ ތެރޭގައި ނަތީޖާ އިޢުލާނުކުރުމަށް އަމާޒުހިފާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތަށް ހުށައަޅާފައިވާ މަދަހަތަކަށް ފަނޑިޔާރުކަން ކޮށްދެއްވާނީ މަދަހަ ކިޔުމުގައި މަޝްހޫރު އިބްރާހިމް ރަމީޒްގެ އިތުރުން ލަވަ މުބާރާތްތަކުގައި ޖަޖުކަން ކުރެއްވުމުގައި މަޝްހޫރު ބޭފުޅެއް ކަމަށްވާ ހަމްދޫން ހަމީދު އެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/188427486430466″ poster=”http://www.muniavas.com/wp-content/uploads/2021/04/E06.jpg”]

މި މުބާރާތުގެ މެއިން ސްޕޮންސަރ އަދި ޓެކްނޮލޮޖީ ޕާޓްނަރަކީީ ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) އެވެ. ކޯ-ސްޕޮންސަރ އަކީ އިއްޔަ ރިކޯޑްސް އެވެ. މީގެ އިތުރުން ހެޔޮއެދޭ ފަރާތަކުންވެސް މި މުބާރާތަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވެއެވެ.

މުނިއަވަސް އާއި ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ) ގުޅިގެން، ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތެއް މުޅި ރާއްޖެއަށް މިހާރު ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތުގައި އުމުރުން 07 އަހަރާއި 65 އަހަރާއި ދެމެދުގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މީގެ އިތުރުން މުބާރާތް ސްޕޮންްސާކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވައިލެވިފައެވެ.

ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލާފައިވާ ސުންގަޑިއަކީ 24 އޭޕްރީލް 2021 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top