ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު ބޮލީވުޑްގެ ތަރިން ޗުއްޓީ ހޭދަކޮށްލުމަށް އަންނަ އެންމެ މަގުބޫލު މަންޒިލަކަށް ވެފައި މިވަނީ ދިވެހިރާއްޖެ އެވެ. ރާއްޖެ އައި ބޮލީވުޑް ތަރިންގެ ލިސްޓަށް އެންމެ ފަހުން އިތުރުވެފައި މިވަނީ ޓައިގަރ ޝްރޮފް އެވެ.

ޓައިގަރ ވެސް ރާއްޖެ އާދެވުމާއެކު އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖެ އައިކަން ހިއްސާކޮށްފައި ވެއެވެ. ރާއްޖެ އައިސް ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި ސީ ޕްލޭނެއް ކައިރީގައި ހުސްގަޔާާ ހުރެ ނަގާާފައިވާ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އެ ފޮޓޯ ހިއްސާކުރަމުން ޓައިގަރ ބުނީ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ޑްރެސްކޯޑަކީ އެއީ ކަމަށެވެ.

ޓައިގަރ ޝްރޮފް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ އޭނާ ރައްޓެހިވެގެން އުޅޭ ތަރި، ޑިޝާ ޕަޓާނީ އާއި އެކުގައެވެ. އެމީހުން ތިބީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.