ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަނޫޕަމާ އާއި ގުޅުނީ އަޕޫރްވާ!

ހިންދީ ސީރީޒްތަކުން އެންމެ ކުރީގައި އުޅޭ ސީރީޒް “އަނޫޕަމާ” އަށް ބޮޑެތި ޓްވިސްޓްތަކެއް ގެންނަމުން އަންނަ މި ދުވަސްކޮޅު، އެ ސީރީޒްގެ ގެ ކާސްޓާ އެކްޓަރު އަޕޫރްވާ އަގްނިހޯތުރީ ގުޅިއްޖެއެވެ.

އަނޫޕަމާ އާއި ވަންރާޖް ޝާހް ވަރިވުމަށް ކޯޓުން ދީފައިވާ ތާރީޚް ކައިރިވެފައިވަނިކޮށް، ވަންރާޖް ޝާހް ގެއިން ނުކުމެގެން ދިޔަތާ މިހާރު ވަނީ ދެ ދުވަސް ވެފައެވެ. ކަން މިހެން އޮތް އިރު ވަންރާޖް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ޚާއްޞަ މީހަކާ ބައްދަލުކުރުމަށް އަނޫޕަމާ ތަނަކަށް ދެއެވެ. އެތަނުން ފެނިގެންދަނީ އަޕޫރްވާ އެވެ.

އަޕޫރްވާ އަކީ ޓީވީ ސިލްސިލާތަކާއި ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ މަޝްހޫރު އެކްޓަރެކެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ “ޕަރުދޭސް” އާއި “ޕިޔާރު ކޮއީ ކޭލް ނެހީ” އަދި “ޕިޔާރު ދީވާނާ ހޯތާ ހޭ” ހިމެނެ އެވެ. އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސޮނީ ޓީވީން ދެއްކި “ޖެސީ ޖެއިސީ ކޮއީ ނެހީ” އެވެ. މި ފަހުން އޭނާ ފެނިގެން ދިޔައީ ކަލާޒްގެ 2018 ގެ “ބޭޕަނާ” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top