ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‘ހައްދު’ އަދި ‘ދެވަންސޫރަ’ ގެ ޓިކެޓްވިއްކުމަށް ބޮޑެތި ދަތިތަކެއް!

ދިވެހި ފިލްމު ‘ހައްދު’ އަދި ‘ދެވަންސޫރަ’ އިގެ ޓިކެޓް ވިއްކުމަށް ބޮޑެތި ދަތިތަކެއް ފިލްމުގެ ޕްރޮޑިއުސަރުންނަށް ކުރިމަތިވެ، އެކަމަށް އަވަސް ހައްލެއްގެ އިންތިޒާރުގައި ޕްރޮޑިއުސަރުން ތިބެންޖެހިފައި ވާކަން މުނިއަވަސް އަށް އެނގިއްޖެ އެވެ. މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ފިލްމު ‘ހައްދު’ ދައްކަން ނިންމާފައިވާއިރު އެ ފިލްމުގެ ޓިކެޓް ވިއްކުމުގެ މަސައްކަތް މިވަގުތު ކުރަމުން ދަނީ އޮލިމްޕަހަށް ވަންނަ ދޮރުން އެތެރޭގައި މޭޒެއް ބަހައްޓައިގެން ނެވެ.

ދަތިތަކަކާއި އެކު ‘ހައްދު’ ގެ ޓިކެޓް ވިއްކުން މިވަގުތު ކުރިއަށްދާއިރު “ދެވަންސޫރަ” އިގެ ޕްރޮޑަކްޝަން ޓީމުން މި މަހުގެ 6 ވަނަ ދުވަހު ޓިކެޓް ވިއްކަން ފަށަން ނިންމާފައިވިޔަސް، އޮލިމްޕަހުގައި ކަރަންޓު ނެތުމުގެ ސަބަބުން އޮލިމްޕަހަށް ޓިކެޓް ވިއްކަން އެދުވަހު ވަނީ ވަދެވޭގޮތް ނުވެފައެވެ. އަދި މިމަހުގެ 10 ގައި ޓިކެޓް ވިއްކަން ފަށާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިއަދުވެސް އޮލިމްޕަހުގެ ކަރަންޓް މައްސަލަ ހައްލުވެފައި ނުވާތީ ‘ދެވަންސޫރަ’ އިގެ ޓިކެޓް ވިއްކުމުގައިވެސް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

‘ހައްދު’ ގެ ޓިކެޓް ބުކް ކުރުމާއި ޓިކެޓް ނެގުމަށް 7710088 ނަންބަރު ފޯނާއި ގުޅުއްވުމަށް ފިލްމު ސިނަމާ ކުރުމުގައި އިސްވެ ހަރަކާތްތެރިވާ އިބްރާހީމް ވިޝާން (ކަނޑި) އެދެއެވެ. ހަމަ އެހެންމެ ‘ދެވަންސޫރަ’ އިގެ ޓިކެޓް ބުކް ކުރުން މިހާރުވެސް 9700200 ނަންބަރު ފޯނަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.

‘ހައްދު’ ގެ ޓިކެޓް ވިއްކުމަށް އޮލިމްޕަހަށް ވަންނަ ދޮރުން އެތެރޭގައި ޑެސްކް ބަހައްޓައިގެން މިއަދު ޓިކެޓް ވިއްކަނީ – ފޮޓޯ: ޢަލީ އަޖްވާން (މުނިއަވަސް)

މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ބޭނުންކުރަމުން އަންނަ ޕްރޮޖްކެޓަރު ވެސް މިވަގުތު ހުރީ ހަލާކުވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top