ދިވެހި ފިލްމީ ދާއިރާގެ އެންމެ އުހުގައި އޭރުވެސް އަދި މިހާރުވެސް، ފަނޑުވުމެއް ނެތި ފިޔަޖަހަމުން އަންނަ ތިން ތަރިންނަކީ ކޮބާހޭ ސުވާލުކޮށްފި ނަމަ، އަދިވެސް އެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ ޢާއިޝަތު ޝިރާނީ، މަރްޔަމް ނިޝާ އަދި ނިޢުމާ މުޙައްމަދު ކަމާާމެދު ދެބަސްވެވޭކަށް ނެތެވެ. މިއީ ދިވެހި ފިލްމީ ދާއިރާގެ ޙަޤީޤީ ތިން ރާނީންނެވެ.
އެކްޓްކުރުން ހުއްޓާލާފައިވާ މި ތިން ފަންނާނުންނަކީ ހަމަ ގައިމުވެސް ދިވެހި ފިލްމީ އުދަރެހުގައި ފަނޑުވެގެން ނުދާނެ ތިން ތަރިންނެވެ. މިހާރުވެސް ފިޔަޖަަހަމުން އަންނަކަމަށް މި އިޝާރާތްކޮށްލީ އެ ބީދައިންނެވެ. އެހެން ނަމަވެސް މި ތަރިންނަކީ އެއްވެސް ފަންނާނެއް، ތިމާއަކީ އެންމެ މޮޅު ތަރި ކަމުގައި ދެކޭ ތަރިއެއް ނޫނެވެ.
ބައިސްކޯފުން ގެނެސްދޭ ‘ތުންތުން މަތިން’ ޝޯވގައި ޝިރާނީ، ނިޝާ އަދި ނިޢުމާ އެކުގައި އެއް ޕްލެޓްފޯމަކުން ފެނިގެންގޮސްފައިވާ އެޕިސޯޑަށް މިވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
މި އެޕިސޯޑްގައި މި ތިން ތަރިންގެ ފިލްމީ ހަޔާތުގެ ވާހަކަތަައް ޝައުޤުވެރި ގޮތެއްގައި ގެނެސްދީފައިވެއއެވެ. މީގެ އިތުރުން އެ މީހުންގެ ކެރިއަރުގައި ކުޅެފައިވާ ބައެއް ލަވަތަކާ ގުޅުން ހުރި ވާާހަކަތަކެއްވެސް ކިޔައިދީފައިވެއެވެ.
Eid Special ✨Episode for ‘ThunThun Mathin’ with Niuma, Shiraanee, and Nisha is now on #Baiskoafu. pic.twitter.com/2utAEJpCPd
— Baiskoafu (@baiskoafu) May 14, 2021
