މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) އާއި އާމިނަތު ރާޔާގެ “ތި ލޯބި ހޫރު”ގެ އޯޑިއޯ ލަވައިގެ ރީތިކަމުގެ ވާހަކަ ވަރަށް ދެއްކިއްޖެއެވެ. ލަވައިގެ ހިތްގައިމުކަމާ އަސަރުގަދަކަމާ އެއްވަރަށް ލަވައަށް ތައްޔާރުކުރި ވީޑިއޯ ލަވައިގެ އަސަރުގަދަކަން މިހާރު މިވަނީ ބެލުންތެރިންނާ ހަމައަށް ތިލަވެފައެވެ.

މިމަހު 13ވަނަ ދުވަހު ރިލީޒްކުރި “ތި ލޯބި ހޫރު”ގެ ވީޑިއޯ ލަވަ އަށް މިހާތަނަށް 18300 އަށް ވުރެން ގިނަ ވިއުޒް މިވަނީ ލިބިފައެވެ. ވީޑިއޯ ލަވައިން ފެނިގެންދަނީ އަސަރުގަދަ ވާހަކަތަކެކެވެ.

ލަވަ ޑައިރެކްކުރީ ޔާމިން ޒަކީ އެވެ. ވީޑިއޯކުރީ ވިޝާލް އާމިރު އެވެ. ލަވައިން ފެނިގެންދަނީ އިތުރު ތަޢާރަފަަކަށް ބޭނުންނުވާ ޝަމާނާ އެވެ. ޝަމާނާގެ ބައިވެރިއެއްގެ ގޮތުގައި ފެނިގެންދަނީ މި ދާާއިރާއަށް އަލަށް ތަޢާރަފުވާ އަދްހަމް އެވެ. ޚާއްޞަ ފެނިލުމަކުން މުޙައްމަދު މައިސަން (ބޮކިޓޯސް) ފެނިގެންދެއެވެ. ވީޑިއޯ އިން ޝަމްވީލް އާއި ރާޔާ ވެސް ފެނިގެންދެއެވެ.

”ވަރަށް ބައިވަރު މީހުންގެ އެހީތެރިކަން މި ވީޑިއޯ ލަވަ ހެދުމަށް އެކި ގޮތްގޮތުން ލިބުނު. މޭކަޕް އަދި ހެއަރ ސްޓައިލް ހެދީ އިބްނާ ނާސިރު. ދެން ޚާއްޞަ ޝުކުރެއް ބޮކިޓޯސް، ހައިކަލް، ޒިމާމް، ފުބޫ، ލުބޫ، ފައުޑީ، އެލީޝާ މެންނަށް ޚާއްޞަކޮށް. އަދި މި ލަވައަށް ސްޕޮންސަރ ދެއްވި ’ފަންކް’، ’ޕްރިންސަސް’، ’ރާނީ ސަފާރީ‘ އަދި ’އެލުއަރ ކްލޯސެޓް‘ އަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް.“ ޝަމްވީލްގެ ލޯބި ހޫރުގެ ވީޑިއޯގައި އެހީތެރިވެދިން ފަރާތްތައް ފާހަގަކުރަމުން މުނިއަވަސް އަށް ޝަމްވީލް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.