ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޒްހީލްގެ މަދަހަތައް ލަވަފޮށްޓަށް!

އަޙްމަދު އަޒްހީލް (އަޒްހީލް ފިޔޯރީ)ގެ މަދަހަތައް ލަވަފޮށްޓަށް ލައިފިއެވެ. ލަވަަފޮށި އެޕްލިކޭޝަނަށް އަޒްހީލްގެ މަދަހަތައް ލާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އަޒްހީލް އަކީ އިހުގެ މަދަހަަތަކަށް އައު ދިރުމެއް ގެނެސްދީ، އިހުގެ މަދަހަތަކުގެ އަސްލު ގެއްލުވައިނުލާ ވަރަށް ރީތިކޮށް މަދަހަ ގެނެސްދެމުން އަންނަ ޒުވާނެކެވެ.

އަޒްހީލް ކިޔާފައިވާ މަދަހަތަކުގެ ތެރެއިން އިހުގެ މަދަހަތަކުން 16 މަދަހަ މިއަދާއި ހަމައަށް ލާފައިވެއެވެ. މީގެ އިތުރުން ސީރަތުގެ މަދަހަތައް ވެސް ލާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މުނިއަވަސް އަށް އަޒްހީލް ބުނެފައިވާގޮތުން މިހާތަނަށް އޭނާގެ 100 އަށް ވުރެން ގިނަ މަދަހަ ރެކޯޑްކުރެވިފައި ވާނެއެވެ.

އަޒްހީލްގެ ހުރިހައި މަދަހަތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލަވަފޮށިން އަޑުއަހައިލެވެން ހުންނާނެކަމަށް މަޢުލޫމާތު ލިބެއެވެ.

މިވެސް ކިޔާލަން:  "ހަނާ"އަކީ ބައިސްކޯފުން ދައްކާ އެންމެ ވަރުގަދަ ސީރީޒް އަށް ވާނެ - އަމްޖޭ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ނޫރީން – 3
5 ގަޑިއިރު ކުރިން
ރިހި މަސްތު – ޗެޕްޓަރ 52
6 ގަޑިއިރު ކުރިން
Home
Menu
Search
Back to top