ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނީލީ ޒިންދާ ހޭ” – ޝައުޤުވެރި ސީރީޒެއް!

ޕާކިސްތާނުގެ ޓީވީ ސީރީޒްތައް ބެލުމަށް ފޯރިހުންނަ ބެލުންތެރިންނަށް ވަރަށް ޝައުޤުވެރިވާނެ އައު ސީރީޒެއް ޕާކިސްތާނުގެ ޗެނަލެއް ކަމަށްވާ އޭއާރްވައި ޑިޖިޓަލް އިން ދައްކަން ފަށައިފިއެވެ. “ނީލީ ޒިންދާ ހޭ” (ނީލީ ދިރިއެބަހުރި)ގެ ނަމުގައި ގެނެސްދޭން ފަށާފައިވާ މި ސީރީޒަކީ ސުޕަރނެޗުރަލް (ރޫހާނީ) ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެކެވެ.

“ނީލީ ޒިންދާ ހޭ” ދައްކަން ފެށީ މީގެ ހަފުތާއެއް ދުވަސްކުރިން ނެވެ. މި ސީރީޒް ދައްކަނީ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މިހާތަނަށް ދެ އެޕިސޯޑް ދައްކާފައިވާ މި ޑްރާމާގައި ސިހުރުފަންޑިތައިގެ ބޭނުންކޮށްގެން ދެމަފިރިއަކު ދުރުކުރުމަށް ފިރިހެންކުއްޖާގެ މަންމަ ކުރާ މަސައްކަތްތަކެއް ދައްކައެވެ.

މަންމަން އަންހެން ކުއްޖެއްްް ލިބިފައިވާ ދެމަފިރިން އެހެން ގެއަކަށް ބަދަލުވަނީ ފިރިމީހާގެ މަންމަގެ ފަރާތުން އަނބިމީހާއަށް ކުރިމަތިވާ ހާސްކަމުގެ ދިރިއުޅުމުން ސަލާމަތްކޮށްދިނުމަށެވެ. ނަމަވެސް އެމީހުން ބަދަލުވާ ގޭތެރެއިން އަނބިމީހާއަށް ރޫހާނީ ކަންތައްތަކެއް ފެންނަން ފަށައެވެ. ސީރީޒްގެ ޓީޒާއިން ފެންނަގޮތުން އެ ގޭތެރޭގައި އުޅޭ ރޫހާނީ ބާރެއް، މި ދެމަފިރިންގެ މަންމަން ދަރިފުޅުގެ ހަށިގަނޑިތެރެއަށް ވަދެއެވެ.

މި ސީރީޒްގެ މައިގަނޑު ތަރިންނަކީ ސޯނިއާ މިޝަލް، މޯހިބް މިރްޒާ އާއި އުރްވާ ހޮކޭން އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top