ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑް ބަންގްޓަން ސޮންގްޔިއޮންޑަން ނުވަތަ ބީޓީއެސް އަކީ އިތުރު ތަޢާރަފެއް ބޭނުންވާނެ ބޭންޑެއް ނޫނެވެ. ޖޯގްރަފީގެ ގޮތުން އެއްވެސް ހުރަހެއް ނެތި، މި ބޭންޑަކީ ހުރިހައި އުމުރެއްގެ މީހުންގެ ސަމާލުކަންވެސް ހޯދާފައިވާ ހުނަރުވެރި ބޭންޑެކެވެ. އެހެންކަމުން، އެ ބޭޭންޑުން އެންމެ ފަހުން ރިލީޒްކުރި ލަވަ “ބަޓަރ” މިވަނީ ބިލްބޯޑުން މަތީ ޖާގައެއް ހޯދާފައެވެ.
ލަވައިގެ ވީޑިއޯއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ވައިގައި ހިފައިގެން އުޅޭ ‘ބަޓަރ’ގެ ވީޑިއޯ ވަރަށް ޚާއްޞައެވެ. މި ވީޑިއޯގައި ހަރަކާތްތެރިވަނީ ބުޅާތަކެކެވެ.
‘ބަޓަރ”ގެ އޮރިޖިނަލް ލަވައިގައި ފެނިގެންދާ ބީޓީއެސްގެ ކޮންމެ މެންބަރަކަށް ނިސްބަތްވާނެ ގޮތަށް، މެންބަރުގެ ނަމާއެކު ބުޅަލެއް މި ވީޑިއޯއިން ފެނިގެންދެއެވެ.
ބީޓީއެސް ގެ އާ ލަވަ “ބަޓަރ” އަކީ އިނގިރޭސި ބަހުން އެމީހުން ކިޔާފައިވާ ދެވަނަ ލަވައެވެ. މިގެ ކުރިން ނެރުނު “ޑައިނެމައިޓް” އަކީ މުޅި ލަވަ އެއްކޮށް އިނގިރޭސި ބަހުން ކިޔާ ބީޓީއެސް އިން ނެރުނު ފުރަތަމަ ލަވައެވެ.
