“ޚަބަރުތަކުގެ އިތުރުން، އެންމެހާ ބޭފުޅުންނޭ، އަހަރުމެންނަކީ އިންސާނުން. އަހަރުމެންނަށް މުސާރަ ލިބެން ޖެހޭ.” ފިރިހެން ޕްރެޒެންޓަރަކު ބުންޏެވެ.
އެފްރިކާގެ ޒެމްބިޔާގެ ޓީވީއެއް ކަމަށްވާ ‘ކޭބީއެން ޓީވީ’ގެ ޚަބަރު ގަޑީގައި ޚަބަރުކިޔަން އިން ޕްރެޒެންޓަރެއް އޭނާއަށާއި އެ ސްޓޭޝަންގެ އެތަކެއް މުވައްޒަފުންނަށް މުސާރަ ނުދޭކަމަށް ބުނެ އެތަކެއް ބަޔަކު ހައިރާންކޮށްލައިފިއެވެ.
ކޭބީއެން ޓީވީގެ ޚަބަރުކިޔުންތެރިއެއް ކަމަށްވާ ކަބިންޑާ ކަލިމިނާ ޚަބަރުގެ މުހިންމު ސުރުޚީތައް ކިޔަން އިނދެފައި އެ ޓީވީ ސްޓޭޝަންގެ މުވައްޒަފުންނަށާ ޚުދު އޭނާއަށް މުސާރަ ނުދޭކަމަށް ބުނެފިއެވެ.
“ޚަބަރުތަކުގެ އިތުރުން، އެންމެހާ ބޭފުޅުންނޭ، އަހަރުމެންނަކީ އިންސާނުން. އަހަރުމެންނަށް މުސާރަ ލިބެން ޖެހޭ. ނަސީބުދެރަކަމުން، ކޭބީއެންގަ އަހަރުމެންނަށް މުސާރައެއް ނުދޭ. ޝެރޮން އާއި ދެން ތިބި ސްޓާފުންނަށާ އަހަންނަށް ވެސް މުސާރައެއް ނުދޭ. އަހަރުމެންނަށް މުސާރަދޭން ޖެހޭ.” ޚަބަރުތެރެއިން ކަބިންޑާ ކަލިމިނާ ފާހަގަކުރިއެވެ.
ކަބިންޑާ ކަލިމިނާ މިކަން ކުރުމުން އެ ނިއުސް ސްޓޭޝަނުން އޭނާ ވަކިކުރިއެވެ. މިކަމާ ގުޅިގެން އޭނާގެ ފޭސްބްކްގައި ވަރުގަދަ ވީޑިއޯއެއް ހިއްސާކޮށްފައިވެއެވެ.
“އާނ. ލައިވް ޓީވީގަ އަހަރެން އެހެން ބުނިން، އަހަރެން އެހެން ބުނީ އަހަރުމެންގެ ގިނަ ނޫސްވެރިން ތިބީ މި ވާހަކަ ދައްކަން ބިރުން. އޭގެ މާނައަކީ ނޫސްވެރިން އެމީހުންގެ ހައްޤުގެ ވާހަކަތައް ނުދައްކާ ތިބެންވީކީއެއް ނޫނޭ.”
ނަމަވެސް ކޭބީއެން އިން މިކަމާމެދު ބުނީ ޕްރެޒެންޓަރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އޭނާގެ އެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި