މެދުކަނޑައިލުމެއް ނެތި ހަމަ އެއްމެ ޝޮޓަކުން ޖައްސައި، ޝޫޓިން ނިންމާލާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކުރު ފިލްމު “ގުޅުން” މީޑިއާ ނެޓްގެ މަލްޓިސްކްރީން އެޕްލިކޭޝަންގައި މާދަމާ (30 ޖޫން 2021)ގައި ރިލީޒްކުރާނެއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެންތޮލޮޖީ ސީރީޒް ފިލްމު ”ގުޅުން“ މިއީ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ)ގެ އަންހެނުން ޢާއިޝަތު ފުއާދު ތަޢުފީޤް ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ވިއްސަކަށް މިނެޓްގެ ކުރު ފިލްމެކެވެ.
”ގުޅުން“ގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ބުނީ މިއީ ކޮންޓިނުއަސްކޮށް ވަން ޝޮޓުން ޝޫޓްކޮށްފައި ފިލްމެއް ކަމަށާއި މި ފިލްމަކީ ރިލޭޝަންޝިޕްގެ މައްޗަށް އަލިއަޅުވާލާ ފިލްމެއް ކަމަށެވެ.
”ގުޅުން“ ފިލްމު ކެމެރާކުރީ ހުސެއިން އަދުދާން (ހުސޭނު) އެވެ. ވިޒުއަލް އިފެކްޓްސް ހެދީ ވިޝާލް ޒަކީ އެވެ. ސައުންޑް އެޑިޓިން އަދި މިކްސިން ހެދީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. މި ފިލްމުގެ ތަރިންގެ މޭކަޕްކޮށްދީފައި ވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމް އެވެ.
މި ފިލްމުގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ހުނަރުވެރި އެކްޓްރެސް ރިޝްމީ ރަމީޒް، ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް، ޢަބްދުﷲ ޝާފިޢު އިބްރާހިމް (ފުބޫ)، ކުރިއަރަމުން އަންނަ އެކްޓްރެސް އާމިނަތު ޝަމާނާގެ އިތުރުން އާމިނަތު ރަޝްފާ އެވެ.
“ގުޅުން” ފިލްމުގެ މަންޒަރުތަކުގެ ތެރެއިން މިހާތަނަށް އާއްމުކޮށްފައިވާ މަންޒަރެއްގައި ފުބޫ ކުޅެފައިވާ އަސަރުގަދަ މަންޒަރެއްގެ އިތުރުން ކުރިއަރަމުން އަންނަ އެކްޓްރެސް ޝަމާނާ އާއި ފުބޫގެ “ގުޅުން” ފެނިގެންދެއެވެ. ހަމަ އެހެންމެ ރަވީ އާއި ރަޝްފާގެ “ގުޅުން” ވެސް ފެނިގެންދެއެވެ. މި މަންޒަރުތަކުގެ އިތުރުން މޮޅިވެރިކަމެއްގައި ރިޝްމީ ހުންނަތަން ފެނެއެވެ. ރިޝްމީގެ މި މޮޅިވެރިކަން ‘ގުޅިފައިވަނީ’ ކޮން ކަމަކާ ކަން މިމަހުގެ 30ގައި އެނގިގެންދާނެއެވެ.
[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/2841480306115799″ poster=”http://www.muniavas.com/wp-content/uploads/2021/03/FB_IMG_1616858934443.jpg”]
