ޑިސެމްބަރު 04ގައި އޮލިމްޕަހުގައި ދައްކަން ފެށި ފިލްމު ”ނޮވެމްބަރ”ގެ އެންމެ ފަހު ދެ ޝޯ އޮންނާނީ އަންނަ އަހަރު ޖެނުއަރީ މަހު 04 އަދި 05ގައެވެ. މި ސަޅި ރޮމޭންޓިކް ފިލްމަށް ރާއްޖޭގެ މީޑިއާތަކުން ހަތަރު ތަރީގެ ރޭންކިން އަދި ފަސްތަރީގެ ރޭންކިން ދީފައިވާއިރު، ބެލުންތެރިންގެ ރިވިއުތައް ވެސް ހުރީ ފައްސިކޮށްކަން ފާހަގަކޮށްލެވެއެވެ.
ފިލްމު ”ނޮވެމްބަރ“ އަކީ ލޯބީގެ ފިލްމެއް ނަމަވެސް، ވަރުގަދަ ހާދިސާއެއް ހިމެނޭ ފިލްމެކެވެ. ފިލްމުގެ މެދެއްހައި ހިސާބުން ހީވެސް ނުކުރާ ކަހަލަ ޓްވިސްޓެއް އަންނަގޮތަށް ލިޔެފައިވާ މި ވާހަކައިން ޑިޕްރެޝަން، އެންޒައިޓީ އަދި ޕެނިކް އެޓޭކް ފަދަ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.
އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ މަސައްކަތްތަކުގެ ތެރެއިން ދިވެހި މުޖުތަމަޢުގައި ފާހަގަކޮށްލެވޭ ބައެއް ކަނބަލުންގެ ހަގީގީ އިންޓަވިއުތަކެއް ވެސް މި ފިލްމުން ފެނިގެންދެއެވެ.
ލޯތްބެއް ހާސިލްކުރުމަށްޓަކައި މީހަކުވާ މަތިވެރި ގުރުބާނީއެއް ވެސް މި ފިލްމުން ފެނިގެންދެއެވެ.
މިއީ މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. މީގެ އިތުރުން މުހިންމު ރޯލަކުން އިސްމާއިލް ވަޖީހު އަދި އޭނާގެ ދަރިފުޅު ތަރީޝް އިސްމާއިލް ފެނިގެންދެއެވެ.
މި ފިލްމުގެ ސްކްރިޕްޓް ލިޔުނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލެވެ. ޑައިރެކްޓް ކުރި އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދެވެ.
ޓިކެޓް ބްކްކުރުމަށް 9911229 ނަންބަރަށް މެސެޖްކޮށްލުމުން ކުރިއަށް ދެވެނޭއެވެ.
🎦ފިލްމު “ނޮވެމްބަރ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




