ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ނަފްސު” ސީރީޒުން މޮޅު ޑައިރެކްޝަނެއް!

ޢަލީ ޝަޒްލީމް (އައްޔަ) އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އުފެއްދުންތަކުން ފިލްމީ ދާއިރާގައި ވިދައިލި އެކްޓަރެކެވެ. ފިލްމީ ދާއިރާއަށް އެކްޓަރެއްގެ ގޮތުގައި އައްޔަ ނުކުތީ ވަރުގަދަ ކަމަކަށް ނިޔަތްގަނެގެންނެވެ. މީގެ ކުރިން މިކަން އެއްވެސް މީޑިއާއެއްގައި އައްޔަ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސްއިން ކުރިއަށްގެންދާ މަޤްބޫލުކަން ހޯދަމުން އަންނަ ‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ގެ ރޭގެ އެޕިސޯޑްގައި އައްޔަ މިކަން ހާމަކޮށްފައި ވެއެވެ.

‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ގައި އައްޔަ ބުނީ އެންމެ ކުޑައިރުން ސުރެންވެސް ފިލްމު ޑައިރެކްޓްކުރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި އޭނާ އެކްޓިންއަށް ނުކުތީވެސް ޑައިރެކްޝަން އަށް ނުކުތުމުގެ ކުރިން ތަޖުރިބާ ހޯދުމަށް ކަމަށްވެސް ޢަލީ ޝަޒްލީމް ބުންޏެވެ.

ޢަލީ ޝަޒްލީމް ނުވަތަ ފިލްމީ ދާއިރާގެ މީހުން ކިޔާ ގޮތުން ނަމަ، އައްޔަ ދެކެމުން އައި ހުވަފެން ކާމިޔާބުކުރުމަށް ކުރި ފުރަތަމަ މަސައްކަތަކީ ވެބް ސީރީޒް “ނަފްސު”ގެ މަސައްކަތެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ހުނަރުވެރި ޓީމާއެކު އޭނާ ހޯދީ ހަމައެކަނި އެކްޓިންގެ ތަޖުރިބާ ނޫންކަން މިއަދު މިވަނީ ސާބިތުކޮށްދީފައެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/Medianetmv/videos/1352071835174448″ poster=”http://www.muniavas.com/wp-content/uploads/2021/07/20210704_134102.jpg”]

މީޑިއާނެޓް މަލްޓިސްކްރީން އެޕްލިކޭޝަނާއި އެމްއެސްޓީވީން މިހާރު ތިން އެޕިސޯޑް ދައްކާފައިވާ “ނަފްސު” ސީރީޒުން ފެނިގެންދަނީ މޮޅު ޑައިރެކްޝަންއެކެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ކުރީ ސަފުގައި ގުނައިލެވޭ ޑައިރެކްޓަރުންގެ މަސައްކަތާ، އައްޔަގެ މަސައްކަތާ އަޅައިކިޔާލާއިރު ހަމަ އެއް ފެންވަރެއްގައި ހިފަހައްޓާލާފައިވާކަމަށް އަޅުގަނޑުމެންނަށް ދަންނަވަން ކެރެއެވެ. އައްޔަގެ ފުރަތަމަ ޑައިރެކްޝަނާއެކު ރާއްޖޭގެހުނަރުވެރި ޑައިރެކްޓަރުންގެ ލިސްޓަށް އައްޔަގެ ނަން އިތުރުކޮށްލަން ޖެހޭކަން މި ސީރީޒް ބަލައިލުމުން ހަމަ ކޮންމެ މީހަކަށްމެ ޤަބޫލުކުރެވޭނެއެވެ.

ޢަލީ ޝަޒްލީމްގެ ޕްރޮޑަކްޝަން ހައުސް ’އައިލެންޑް ޕިކްޗަރޒް’ގެ ފުރަތަމަ ފިލްމީ މަސައްކަތް “ނަފްސު” މިއީ ޖުމްލަ 10 އެޕިސޯޑްގެ ސީރީޒެކެވެ. މުޙައްމަދު ފުއާދު (ފޯރޑް) ޕްރޮޑިއުސްކޮށްފައިވާ ސަސްޕެންސް ތުރިލާ “ނަފްސު” މިއީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ކުޅެފައިވާ ސީރީޒެކެވެ.

“ނަފްސު”ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ މަޝްހޫރު ފިލްމީ ތަރި އަޙްމަދު ސަޢީދު، މަރްޔަމް ޝިފާ، ޝަކީލާ އާދަމް (ޝަކިއްތަ)ގެ އިތުރުން ޢަލީ ޝަޒްލީމް އާއި ހަމްދާން ފާރޫޤް އެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top