ހުއްޓުމެއް ނެތި ފިލްމީ މަސައްކަތް ކުރަމުން އަންނަ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން “ގިރިޓީ ލޯބި“ގެ ނަމުގައި ވެބް ސީރީޒެއް އުފެއްދުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ. ޖުލައި 11ވަނަ ދުވަހު އެ ޕްރޮޑަކްޝަން ހައުސްގެ ފޭސްބްކް ޕޭޖްގައި މި ފިލްމުގެ ޓައިޓްލް ޕޯސްޓަރެއް ހިއްސާކޮށްފައިވެއެވެ.

ގިރިޓީ ލޯބި” ވެބްސީރީޒަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

ގިރިޓީ ލޯބި” ވެބްސީރީޒާ ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ޑާކް ރެއިން އިން އަދި މިހައިތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ގިނަ އުފެއްދުންތަކެއް މި ދުވަސްވަރު މީޑީއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަން އަދި އެމްއެސްޓީވީގައި ރިލީޒްކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ހަފުތާގައި ފިލްމު “ގޮށްރާޅު” ރިލީޒްކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި ޑާކް ރެއިން ޝޯޓްސްގެ ކުރު ފިލްމު “އަނގުރު” ރިލީޒްކޮށްފައި ވެއެވެ. މީގެ އިތުރުން ޖުލައި މަހުގެ26 ވަނަ ދުވަހު އެ ޕްރޮޑަކްޝަންގެ ލޯބީގެ ކޮމެޑީ ފިލްމު “މާމުއި”، މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުގައި ރިލީޒްކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.