ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ނެޓްފްލިކްސްގެ ސެޕްނިޝް ސީރީޒް “ލަ ކާސާ ޑީ ޕާޕެލް (މަނީ ހެއިސްޓް)” ގެ ފަސްވަނަ ސީޒަންގެ އޮފިޝަލް ޓްރެއިލަރ މި ފެށޭ އޯގަސްޓު މަހު ރިލީޒް ކުރަން ނިންމައިފިއެވެ.

ނެޓްފްލިކްސް އިން މީގެ 2 ދުވަސް ކުރިން، ކުރި އެނައުންސްމަންޓެއްގައި ވަނީ މަނީ ހެއިސްޓް ސީޒަން 5 ގެ އޮފިޝަލް ޓްރެއިލަރ އޯގަސްޓް 2 ގައި ރިލީޒް ކުރާނެ ވާހަކަ ފޭނުންނާ ހިއްސާކޮށްފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިއީ މަނީ ހެއިސްޓް ސީރީޒްގެ އެންމެ ފަހު ސީޒަނެވެ. މި ސީޒަންގެ ވޮލިއުމް 1 ސެޕްޓެމްބަރު 3 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ވޮލިއުމް 2 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.

ނެޓްފްލިކްސް އިން ސްޓްރީމް ކުރާ “މަނީ ހެއިސްޓް” އަކީ 2017 ވަނަ އަހަރު ދައްކަން ފެށި ސީރީޒެކެވެ. މި ސީރީޒްގައި މިހާތަނަށް 04 ސީޒަނެއްގައި ޖުމްލަ 31 އެޕިސޯޑް ވަނީ ގެނެސްދީފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.