ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޓައިގަރ ޝްރޮފްގެ ފެވަރިޓު އެކްޓްރެސް ބުނެދީފި! ދިޝާއެއް ނޫން!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޒުވާން މާޝަލް އާޓިސްޓް، ޓައިގަރ ޝްރޮފް އޭނާގެ ފެވަރިޓު އެކްޓްރެސްއަކީ ކާކުކަން ބުނެދީފިއެވެ.

އުމުރުން 31 އަހަރުގެ ޓައިގަރ އޭނާގެ އިންސްޓަގްރާމްގައި “Ask me a question (ސުވާލެއް ކޮށްބަލަ)” ޖެހުމަށްފަހު ފޭނުން ސުވާލު ކުރަން ދޫކޮށްލިއެވެ. އަދި ގިނަ ފޭނުންނަށް އެމީހުންގެ ސުވާލުތަކަށް ޖަވާބު ދީފައި ހުއްޓެވެ. އޭގެ ތެރެއިން ސުވާލެއްގައި ޓައިގަރގެ އެންމެ ފެވަރިޓު އެކްޓްރެސް އަކީ ކާކުހޭ އެހުމުން އޭނާގެ ޖަވާބުގައި ބުނެފައި ވަނީ “މަދޫރީ ޑިކްސިޓް މެޑަމް” ކަމުގައެވެ.

ޓައިގަރ ޝްރޮފް ބޮލީވުޑަށް ތަޢާރަފުވީ 2014 ވަނަ އަހަރު ސަބީރު ޚާން ޑައިރެކްޓުކުރި ފިލްމު “ހީރޯޕަންތީ” އިންނެވެ. ޓައިގަރ ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބާގީ 4، ރާމްބޯ، ގަނާޕަތު އަދި ހީރޯޕަންތީ 2 ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Ali Bro5 އަހަރު ކުރިން

Bro eki myhun eki kanthah thajuribaa kuraany eki umuruga

އަބްދުﷲ5 އަހަރު ކުރިން

ހަމަ އެގޮތަށް ލިޔުންތެރިކަމުގެ ތަޖުރިބާ ހުރެދާނެ ދޯ އުމުރުން 10 އަހަރު ވާއިރު ވެސް! އެހެންވީމަ ދޯ ކީރިތި ޤުރްއާން ވެސް 6 އަހަރުގައި ހިތުދަސްކުރާ ކުދިން ވެސް އުޅެނީ! ދައްކާ ދެކޮޅުނުޖެހޭ ވާހަކަ!

Ahmed5 އަހަރު ކުރިން

Naim thajuriba e ee umurun dhuvasvaavarkah libeyeche

Home
Menu
Search
Back to top