ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބެލްބޮޓަމް” ގެ ޓްރެއިލަރ މާދަމާ!

ޕޫޖާ އެންޓަރޓެއިންމެންޓް އަދި އެންމޭ އެންޓަރޓެއިންމެންޓް ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ ފިލްމު ‘ބެލްބޮޓަމް’ ގެ ޓްރެއިލަރ މާދަމާ ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.

އަކްޝޭ ކުމާރު މިއަދު ހަވީރު ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ފިލްމު ‘ބެލްބޮޓަމް’ ގެ ޓްރެއިލަރ މާދަމާ ހަވީރުގެ ވަޤުތެއްގައި ރިލީޒް ކުރާނެ ކަމަށް ބުނެފައެވެ.

ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ރަންޖީތު ތިވާރީ ޑައިރެކްޓު ކުރާ މި ފިލްމަކީ އެކްޝަން/ތުރިލަރ ފިލްމެކެވެ.

އަކްޝޭގެ މި ފިލްމުގައި އޭނާގެ އިތުރުން ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި، ހުމާ ޤުރޭޝީ ފެނިގެން ދާނެއެވެ.

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ’އަތުރަންގީ ރޭ‘ އާއި ’ޕްރިތުވިރާޖް‘ އަދި ’ބައްޗަން ޕާންޑޭ‘ ގެ އިތުރުން ’ބަންދަން‘ ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top