އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ސަބަބުން ބަންދުކުރި ބައެއް ސިނަމާތައް ހުޅުވައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ސިނަމާތައް ހުޅުވާފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ. އެގޮތުން އިންޑިއާގެ ދިއްލީ، މަދްޔާ ޕްރަދޭޝް، އުއްތަރު ޕްރަދޭޝް، ޕަންޖާބް އަދި ރަޖަސްތާންގެ އިތުރުން ގުޖާރަތުގެ ސިނަމާތައް ވަނީ ހުޅުވާފައެވެ.
ދެން އެންމެ އަވަހަށް އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމަކީ މިމަހު 19 ގައި ރިލީޒްކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ‘ބެލްބޮޓަމް’ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިންޑިއާގައި ދުވާލެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މަރު ކޮވިޑް-19 ގައި އެބަ ވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
