ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަޕިލް ޝަރުމާ އެނބުރި އަންނަ ޝޯވގައި އަކްޝޭ!

ދުވަސްތަކަކަށް މެދުކެނޑިފައި އޮތް އިންޑިއާގެ އެކްޓަރު/ކޮމޭޑިއަން ކަޕިލް ޝަރުމާ ގެނެސްދޭ ‘ދަ ކަޕިލް ޝަރުމާ ޝޯވ’ގެ އައު ސީޒަނެއް އަލުން ފަށަން ނިންމާފައިވާއިރު ފުރަތަމަ ޝޯވގައި އަކްޝޭ ކުމާރުގެ ބައިވެރިވުން ފެނިގެނަދާނެ ކަމުގެ ނިޝާނެއް އޭނާ ކުރި ޓްވީޓަކުން ހާމަވެއްޖެއެވެ.

މިމަހު 19 ގައި ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ އަކްޝޭގެ ފިލްމު ‘ބެލްބޮޓަމް’ ގެ ޓްރެއިލަރ ބެލުމަށްފަހު އިއްޔެގެ ވަޤުތެއްގައި ކަޕިލް ވަނީ ޓްރެއިލަރ ވަރަށް ކަމުދާ ކަމަށާއި ކާމިޔާބަށް އެދޭ ކަމަށް ބުނެ އަކްޝޭއަށް ޓެގުކޮށް ޓްވީޓު ކޮށްފައެވެ. ޖަވާބުގައި އަކްޝޭ ބުނީ ފިލްމު ނެރުމަށްފަހު ޝޯވ ގައި ބައިވެރި ވާނެ ކަމާއި ދެމީހުން އެއްކޮށް ތިބެ ފިލްމާ ގުޅޭ ވާހަކަ ދައްކާނެ ކަމެވެ.


މިމަހު 21 ގައި ‘ދަ ކަޕިލް ޝަރުމާ ޝޯވ’ ޓީވީން ގެނެސްދޭން ފަށަން ހަމަޖެހިފައިވީ ނަމަވެސް އަދި ޝޯވ ތަކުގެ ޝޫޓިންގ ނުފެށޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިފަހަރު ގެ ޝޯވ ތަކުގައި އަރުޗަނާ ޕުރާން ސިންގ ޖަޖަކަށް ބައިވެރިވާއިރު ކޮމޭޑިއަން ސުދޭޝް ލަހީރީ ވަނީ ކަޕިލް ޝަރުމާގެ ޓީމާ ގުޅިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top