ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަޑުކޮށްލާ! ވިސްނާލާ!” ފޮތް، މެޑަމް ފަޒުނާ ނެރެދެއްވައިފި

ލީލާ އަޙްމަދާއި އޭނާގެ ޓީމުން ލިޔެ ޗާޕްކޮށްފައިވާ “މަޑުކޮށްލާ! ވިސްނާލާ!” ފޮތް ނެރެފިއެވެ. މި ފޮތް ނެރުމަށްޓަކައި މިމަހުގެ 05 ވަނަ ދުވަހު ހަވީރު 05:00 ގައި ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ރައްމިއްޔާތުގައި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒުނާ އަޙްމަދު އެވެ.

ކްލަބްހައުސްގައި ލީލާގެ ޓީމުން ހަދާފައިވާ ‘ފޮތް އަލަމާރި’ ކްލަބް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ފޮތުގެ މުސައްނިފާ ލީލާ އަޙްމަދު، ފޮތުގެ ކުރެހުންތައް ކުރެހި ފަންނާނު މަހްދީ އަޙްމަދުގެ އިތުރުން މިކަމުގައި ޝާމިލުވާ އިތުރު ބައެއް ފަރާތްތަކުން ބައިވެރިވިއެވެ.

“މަޑުކޮށްލާ! ވިސްނާލާ!” އަކީ ގަނާކުރުން ނުވަތަ ބުލީކުރުމާމެދު ތުއްތުކުދިންނާއި ކުޑަކުދިން އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ނެރެފައިވާ ފޮތެކެވެ.

މި ރަސްމިއްޔާތުގައި “މަޑުކޮށްލާ! ވިސްނާލާ!” ފޮތް، ދިވެހިރާއްޖޭގެ އަޑުގައި ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަލްފާޞިލާ ނަޖްމާ ޙުސައިންގެ ހިތްގައިމު އަޑުން އިއްވައިދެއްވިއެވެ.

“މަޑުކޮށްލާ! ވިސްނާލާ!” ނެރުމަށް ބޭއްވި އިވެންޓް މުނިއަވަސް އިން ކަވަރކޮށްފައިވެއެވެ. އެ އިވެންޓްގެ ރެކޯޑިން ތިރީގައި ހިމަނާލަމެވެ.

ތަޢުލީމީ ދާއިރާއަށް މުދައްރިސުން ތަމްރީނުކުރެއްވުމުގެ ތަޖުރިބާކާރު ކަނބަލެއް ކަމަށްވާ ލީލާ އަޙްމަދު ވަނީ 2018 ވަނަ އަހަރުވެސް މިފަދަ ފޮތެއް ނެރެފައެވެ. ”ނޫން، ބޭނުމެއްނޫން“ ފޮތަކީ ޖިސްމާނީ، ޖިންސީ އަދި ނަފްސާނީ ގޯނާތަކުން ރައްކާތެރިވުމަށް ކުޑަކުދިންގެ ޢަމަލުތައް ބަހައްޓަންވާ ގޮތް ކުޑަކުދިންނާއި ގުޅޭ ކުރެހުންތަކާއި އެކު ކިޔައިދީފައިވާ ފޮތެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top