މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް ސިލްސިލާކޮށް ގެނެސްދެމުން އަންނަ “މުނިއަވަސް ޚަބަރު / ކޯދު” ޕްރޮގްރާމުގެ މިރޭގެ އެޕިސޯޑް، ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އަށް ޚާއްޞަކޮށް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. “ޔޫއްޕެ އާއެކު މުނިއަވަސް“ގެ ނަމުގައި މިރޭ 10:00ގައި ކުރިއަށް ގެންދާ ޕްރޮގްރާމުގައި މުނިއަވަސް ޚަބަރަށް ފަހު 10:30ގައި ޔޫއްޕެ ބައްދަލުކުރާނެއެވެ.

އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އަކީ މުނިއަވަސް ވުޖޫދަށް އައުމަށްފަހު މި އޮންލައިން ނޫހާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަންނާނެކެވެ. އެގޮތުން މުނިއަވަސް އިން އެން،މެ ފުރަތަމަ އޮންލައިން މީޑިއާ ޕާޓްނަރުކަން ކޮށްފައިވަނީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު “ދެވަންސޫރަ”އިގަ އެވެ. މިއީ އަޙްމަދު ޝާޙް އާއި ޢަލީ ޝަޒްލީމް ޕްރޮޑިއުސްކުރި ފިލްމެކެވެ

6 ފެބްރުއަރީ 2018 ގައި ރިލީޒްކުރި މޮޅު ސަންޕެންސް ތުރިލާ “ދެވަންސޫރަ” އިން ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ގައި އެންމެ މޮޅު ޑައިރެކްޓަރުކަން، އެންމެ މޮޅު ލީޑް އެކްޓަރުކަން، އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު އެޑިޓިންގ ލިބުނީ ޔޫސުފް ޝަފީޢު އަށެވެ.

ދެވަންސޫރަ”ގެ އިތުރުން ޔޫއްޕެގެ އުފެއްދުންތަކެއް ކަމަށްވާ ފިލްމު “ފޯޓީ ޕްލަސް”، “ނަފްރަތުވުމުން”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަންވެސް މުނިއަވަސް އަށް ޔޫއްޕެ ދީފައިވެއެވެ. މީގެ އިތުރުން ޔޫއްޕެ ލިޔެ ޑައިރެކްޓްކުރާ ފިލްމު “ކޮސް ގިނަ މިސްޓޭކް”ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރުކަން ދީފައިވަނީ މުނިއަވަސް އަށެވެ.

މީގެ އިތުރުން އޮލިމްޕަހުގައި ބޭއްވީ ފިލްމު “ފޯޓީ ޕްލަސް”ގެ ޕްރިމިއާ ހަފުލާގައި މުނިއަވަސް ރަސްމީކޮށް ލޯންޗްކުރުމުގެ ފުރުޞަތުވެސް މުނިއަވަސް އަށް ދިނީ މުނިއަވަސް އަށް ކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

މިރޭގެ ޝޯވގައި ޔޫއްޕެއާއި ސުވާލުކުރުމުގެ ފުރުޞަތު އެހުންތެރިންނަށް ހުޅުވައިލާނެއެވެ.

މިރޭ ގެނެސްދޭ “މުނިއަވަސް ޚަބަރު / ކޯދު – “ޔޫއްޕެ އާއެކު މުނިއަވަސް” ޝޯވގެ ލިންކަށް ކްލިކްކޮށްލައި ނޮޓިފިކޭޝަން އޮންކޮށްލައްވައި ޝޯވ އާއި ގުޅިލައްވާށެވެ. މިއީ މި ޕްރޮގްރާމްގެ 45 ވަނަ އެޕިސޯޑްކަން ފާހަގަކޮށްލަމެވެ.

https://www.clubhouse.com/event/M8AaGGlw

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.