ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެ ޕްރޮޑަކްޝަންގެ ވަރުގަދަ ކާސްޓިންގ ކޯލެއް!

ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދުމަށް ތައްޔާރުވަމުން އަންނަ ވެބް ސީރީޒަކަށް ބޮޑު ކާާސްޓެސް ހޯދުމަށް ކާސްޓިން ކޯލަކަށް ހުޅުވާލައިފިއެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން އާއްމުކޮށްފައި ކާސްޓިން ކޯލް އިޝްތިހާރުގައި ބުނެފައިވަނީ އަންހެން އަދި ފިރިހެން ކާސްޓުން ބޭނުންވާ ކަމަށާއި ޝަޢުޤުވެރިވާ ފަރާތްތަކުން ޔޫއްޕެ ޕްރޮޑަކްޝަނަށް ޑައިރެކްޓް މެސެޖެއްކޮށްގެން ނުވަތަ 7858594 ނަންބަރަށް ގުޅައިގެން ކުރިއަށްގެންދިއުމަށެވެ. މި ކާސްޓިން ކޯލްގައި ބައިވެރިވުމަށް ދީފައިވާ ސުންގަޑި ހަމަވާނީ އޯގަސްޓް 08 ގައެވެ.

މި ކާސްޓިން ކޯލްގެ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ޔޫއްޕެ ބުނީ މިއީ ބޮޑު މަސައްކަތެއް ކަމަށާއި މި ވެބް ސީރީޒް ޝޫޓްކުރާނީ އަތޮޅުތެރޭގެ ރަށެއްގައި ކަމަށެވެ. އަދި މި ސީރީޒަކީ ބޮޑު މަސައްކަތެއް ކަމަށާއި ބޮޑު ކާސްޓެއް ބޭނުންވާކަމަށްވެސް ޔޫއްޕެ ބުންޏެވެ. މީގެ އިތުރުން މި ސީރީޒްގެ ބައެއް ޓެކްނިކަލް މަސައްކަތްތަކުގައި ކްރޫގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތުވެސް ހުޅުވައިލެވިފައި ވާކަމަށް ޔޫއްޕެ ބުންޏެވެ. އެގޮތުން ސްކްރީން ރައިޓިން، ކެމެރާކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ކާސްޓިން ކޯލްގެ އިތުރު މަޢުލޫމާތުތައް މިރޭގެ ޝޯވގައި ޔޫއްޕެ ހިއްސާކުރާނެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top