ފިލްމީ ތަރި، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) މިހާރު ޝޫޓްކުރަމުން އަންނަ ކޮމެޑީ ވެބް ސީރީޒް ދައްކަން ހަަމަަޖެހިފައިވަނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުގައި ކަމަށް ޔޫއްޕެ ބުނެފިއެވެ.

ޔޫއްޕެ މިހެން ބުނީ “މުނިއަވަސްގެ ޚަބަރު / ކޯދު” ޕްރޮގްރާމުގެ 45 ވަނަ އެޕިސޯޑްގައި ވާހަކަދައްކަމުންނެވެ. ‘ޔޫއްޕެ އާއެކު މުނިއަވަސް’ގެ ނަމުގައި މިމަހު 06ވަނަ ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމުގައި ޔޫއްޕެ، މިހާރު ކުރަމުން އަންނަ ފިލްމީ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

“ގިރިދާ އަކީ އަސްލު ކުރިން ފެށިފަ އެހެން ނަމަވެސް ހުއްޓުނު އެއްޗެއް. އެއީ ދެން ހަމަ މަސައްކަތްތަކާ ގުޅިގެން. އެހެން ނަމަވެސް މިހާރު އަނެއްކާވެސް މީޑިއާނެޓްގެ ޕްލެޓްފޯމުން ފެންނާނެކަމުގެ އުއްމީދު ލިބިގެން މި މަސައްކަތް މި ފެށުނީ.” މިއީ 15 އެޕިސޯޑް ހިމެނޭ ކޮމެޑީ ސީރީޒެއްކަން ފާހަގަކުރަމުން ޔޫއްޕެ ބުންޏެވެ.

“ގިރިދާ” އަކީ އެހެން ސްޓައިލެއްގެ ކޮމެޑީއެއް ކަމަށާ ސިޓްކޮމްގެ ސިފަތަކާާއި އާއްމު ކޮމެޑީގެ ސިފަތައްވެސް އޭގައި ހުންނާނެ ކަމަށްވެސް ޔޫއްޕެ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.