ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދަ ކަޕިލް ޝަރުމާ ޝޯވ” ގެ ޝޫޓިންގ ފަށައިފި

2016 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސޮނީ ޓީވީ މެދުވެރިކޮށް ގެނެސްދެމުން އަންނަ “ދަ ކަޕިލް ޝަރުމާ ޝޯވ” މެދުކެނޑިފައި އޮތުމަށްފަހު އަލުން މިމަހު ދައްކަން ފަށަން ނިންމައި އޭގެ ޝޫޓިންގ މިމަހު 07 ވަނަ ދުވަހު ފަށައިފިއެވެ.

“ދަ ކަޕިލް ޝަރުމާ ޝޯވ”ގެ އައު ސީޒަނެއް މިމަހު 21 އިން ފެށިގެން ދައްކަން ހަމަޖެހިފައިވާއިރު ފުރަތަމަ ޝޯވ ގައި ފެނިގެންދާނީ ފިލްމު “ބެލްބޮޓަމް”ގެ ކާސްޓުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ޝޯވ ގެ ފަނޑިޔާރު ކަމަށްވާ އެކްޓްރެސް އަރުޗާނާ އޭނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް ޝެއަރ ކުރަމުން ބުނީ ކަޕިލް ޝަރުމާ ޝޯވގެ އައު ސީޒަންގެ މަސައްކަތް ފެށިއްޖެ ކަމާއި މި ސީޒަނަކީ ވެސް ބެލުންތެރިން ހެއްވާލާނެ ސީޒަނަކަށް ވެގެންދާނެކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top