އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގަރ ޝްރޮފް އޭނާގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވަ ‘ވަންދޭ މާތަރަމް’ މިއަދު ރިލީޒްކޮށްފިއެވެ.
View this post on Instagram
ރެމޯ ޑީސޫޒާ ޑައިރެކްޓްކޮށް ގެނެސްދޭ މިލަވައިގެ މިއުޒިކް މިޝާލް މިޝްރާ ކޮމްޕޯސް ކޮށްފައިވާއިރު ލަވައިގެ ލިރިކްސް ހަދާފައިވަނީ ކޯޝަލް ކިޝޯރް އެވެ. އަދި ލަވައިގެ ކޮރިއޯގްރަފަރުންގެ ތެރޭގައި ’އަންކަން ސެން‘ އާއި ’ޖޫލީ ވައިދްޔާ‘ ގެ އިތުރުން ’ރާހުލް ޝެޓީ‘ ހިމެނެއެވެ. މިލަވައިގައި ޓައިގަރގެ މާޝަލް އާޓްސް ގެ ފަރި ޙަރަކާތްތައް ފެނިގެންދެއެވެ.
މީގެ ކުރިން ވެސް ޓައިގަރ ވަނީ އޭނާގެ އަޑުން ލަވައެއް ނެރެފައެވެ. ’އަންބިލީވެބަލް’ގެ ނަމުގައު ނެރުނު މި ލަވަ އަށް ވަރަށް ބޮޑު ތަރުޙީބެއް ބެލުންތެރިންގެ ފަރާތުން ފެނިގެން ދިޔައެވެ.
ކިޔުންތެރިންގެ ޚިޔާލު
