“ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ” މި ނަމުގައި މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް ޅެން ކިޔަވައިދޭ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގައި ޅެން ހަދަން ދަސްކޮށްދިނުމުގެ ހުނަރުތައް އުނގަންނައިދެނީ ހުނަރުވެރި ޝާއިރު އަދި ޅެންވެރިކަން އުނގަންނައިދިނުމުގައި ތަފާތު އުކުޅުތަކެއް ގެންގުޅުއްވާ މުދައްރިބު، ޢީސަ އޮންލައިން ޕޮއެޓްރީން ޢީސާ ޝަރީފް އެވެ.
އޯގަސްޓް 12 ވަނަ ދުވަހު ހަވީރު 04:00 ން 06:00 އަށް ކުރިއަށް ގެންދިޔަ “ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ“ގެ ފުރަތަމް އެޕިސޯޑުގައި ވަރަށް ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.
އެއްވެސް އަގަކާ ނުލައި، ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކޮންމެ ދުވަހަކު ހަވީރު 04:00ގައި މުނިއަވަސްގެ “ލަވަހޮޅި” ކްލަބް މެދުވެރިކޮށް ގެނެސްދޭ ޕްރޮގްރާމެކެވެ.
“ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ“ގެ ފުރަތަމަ އެޕިސޯޑްގައި ޅެން ހެދުމަށް ބޭނުންކުރާ ވަޒަންތަކުގެ ތެރެއިން ދެ ވަޒަނެއް ބޭނުންކުރާނެ ގޮތާއި، ޅެން ހެދުމުގައި އެ ދެ ވަޒަނަށް ބަސްތައް އަތުރާލާނެ ގޮތް، ވަޒަނުގައި ބޭނުންކުރާ ކުރު ފިއްޔާއި ދިގުފިލީގެ ބަރުދަން ޅެންވެރިކަމުގެ ހަަމަތަކުގައި ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދެވުނެވެ. މީގެ އިތުރުން ބަނޑުވައް އަޑާއި ކާފިޔާގެ އަޑު ބޭނުންކުރާނެ ގޮތާއި އެއްގޮތް ކުރަން ޖެހޭ ގޮތުގެ އަސާސް އޮޅުންފިލުވައިދެވުނެވެ.
“ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ“ގެ ފުރަތަމަ އެޕިސޯޑްގައި ބައިވެރިވި ފަރާތްތަކުން ހާމަކުރީ، ޅެން ހެދުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް ވަރަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެންމެ ބައިގަޑިއެއްހައި އިރުގެ ތެރޭގައި ޢީސަ ކިޔައިދެއްވުމުން ޅެން ހަދަން ބޭނުންކުރާ އަސާސީ ބައި އެނގި ވަރަށް ރަނގަޅަށް ފަހުވި ކަމަށެވެ. އަދި މީގެ ކުރިން އަރާފައިވާ އޮޅުންތައްވެސް ވަރަށް ރަނގަޅަށް ފިލައިގެން ދިޔަ ކަމަށްވެސް ބައެއް ބައިވެރިން ފާހަގަކުރިއެވެ.

“ހިލޭ، ޅެން ކިޔަވަމާ! – ވިތު ޢީސާ”ގެ ފުރަތަމަ އެޕިސޯޑްގެ ތެރެއިން
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!