ޑާކް ރެއިން އެންޓަޓެއިންމެންޓުން މަސައްކަތް ފަށާފައިވާ “ގިރިޓީ ލޯބި” ވެބް ސީރީޒްގެ ޝޫޓިން ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. އެގޮތުން މިހާރު އެ ސިރީޒްގެ 20 އިންސައްތަ ނިމިފައިވާ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެއެވެ.

ގިރިޓީ ލޯބި” ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު އެވެ.

ގިރިޓީ ލޯބި“ގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ ލޯބީގެ ފިލްމު “ނޮވެމްބަރ” އޮތީ ހުރިހައި މަސައްކަތެއް ނިމި އަޅުވަން ތައްޔާރުކޮށްފައެވެ. މީގެ އިތުރުން އެ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު “ބަޅިނދު“ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާގެ ފުރަތަމަ ފިލްމު “ބީވީމާާ”ގެ މަސައްކަތްތައްވެސް ނިމުމަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.