އިނގިރޭސި ޕްރިމިއަރ ލީގު 22-2021 ހުޅުވައި ސީޒަންގެ ފުރަތަމަ މެޗުގައި އޯގަސްޓް 13 ވަނަ ދުވަހުގެރޭ އާސެނަލް އަދި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ބްރެންޓްފޯޑް ކާމިޔާބުކޮށްފިއެވެ.
ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑް މެޗު ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ބްރެންޓްފޯޑްގެ ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބްރެންޓްފޯޑްގެ ފަރާތުން ހިތްވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި ފުރަތަމަ ބްރެންޓްފޯޑަށް ލީޑް ނަގައިދިނީ 22 ވަނަ މިނެޓުގައި ޓީމުގެ ޖާޒީ ނަންބަރު 07 “ސާޖީ ކާނޯސް” އެވެ.
އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ލަކަޒޭޓް އާއި އޮބާމަޔަން ކުޅެވައިނުވާ މި މެޗުގައި ބްރެންޓްފޯޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 73 ވަނަ މިނެޓުގައި އެޓީމުގެ ޖާޒީ ނަންބަރު 06 “ކްރިސްޓިއަން ނޯރގާޑް” އެވެ.
ލީގުގައި މިއަދު ވެސް ކުރިއަށް އެތައް މެޗުތަކެއް އެބަހުއްޓެވެ.
