އިންޑިއާގެ ސޮނީ ޓީވީ މެދުވެރިކޮށް ގެނެސްދޭ އެންމެ މަޤްބޫލް ރިއަލިޓީ ޝޯވް “އިންޑިއަން އައިޑޮލް” ސީޒަން 12 ‘ޕަވަންދީޕް ރާޖަން’ ކާމިޔާބުކޮށްފިއެވެ.
06 ފައިނަލިސްޓުންނާއެކު ކުރިއަށް ގެންދިޔަ 12 ގަޑިއިރުގެ މި ޝޯވ އަކީ މިހާތަނަށް “އިންޑިއަން އައިޑޮލް”ގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޝޯވއެވެ. ‘ޕަވަންދީޕް’ އެއްވަނަ ޙާޞިލުކޮށްފައިވާއިރު ރަނަރ-އަޕް ލިބުނު 02 ބައިވެރިންނަކީ ‘އަރުނީތާ’ އާއި ‘ސަޔާލީ’ އެވެ.
06 ފައިނަލިސްޓުންނާއެކު ޝޯވ ފެށިގެންދިޔައިރު އެ 06 ފައިނަލިސްޓުންނަކީ ‘ޕަވަންދީޕް ރާޖަން’ އާއި ‘އަރުނީތާ ކަންޖީލާލް’ އާއި ‘މުޙައްމަދު ދަނީޝް’ އާއި ‘ޝަންމޫކާޕްރިޔާ’ އަދި ‘ނިހާލް ޓުރާއޯ’ގެ އިތުރުން ‘ސަޔާލީ’އެވެ.

މި ޝޯވގައި އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ‘ސިދާތު މަލްހޯތުރާ’ އާއި ‘ކިއާރާ އަދުވާނީ’ ވެސް ބައިވެރިވިއެވެ. އަދި މީގެ އިތުރުން ކުޅަދާނަ ލަވަކިޔުންތެރިން ކަމަށްވާ ‘އުދިތު ނާރާޔަން’ އާއި ‘ކުމާރު ސާނޫ’ އަދި ‘އަލްކާ ޔަގްނީކު’ގެ އިތުރުން ‘ޖާވިދު ޢަލީ’ ވެސް ބައިވެރިވިއެވެ.
“އިންޑިއަން އައިޑޮލް 11” ކާމިޔާބު ކުރީ ‘ސަނީ ހިންދުސްތާނީ’އެވެ.
