ބަރަހަނާ ފިލްމު އުފައްދައިގެން ދައުރުކޮށް އާމްދަނީ ހޯދި މައްސަލައިގައި ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރުމާއެކު ޝިލްޕާ ވަނީ މީޑިއާތަކާއި ދުރަށް ގޮސްފައެވެ. ނޫސްވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މި ބަތަލާ ވަނީ އޭނާ ޖަޖުކަން ކުރަމުން އަންނަ ކުޑަކުދިންގެ ޑާންސް ޝޯވ ”ސުޕަ ޑާންސާ ޗެޕްޓަރ 4“ އިންވެސް ބްރޭކެއް ނަގާފައެވެ. އޭނާ އެނބުރި އަންނާނެކަން ނުވަތަ ޝޯވ މުޅިން ހުއްޓާލިކަންވެސް އަދި އޮތީ ސުވާލެއްގެ ތެރޭގައެވެ.
ދާދި ފަހުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޝޯވގެ އެއް ޖަޖު ކަމަށްވާ އަނޫރާގް ބާސޫ ވަނީ ޝިލްޕާ އެނބުރި ޝޯވއަށް އަންނަން ވަރަށް ބޭނުންވާކަމަށް ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާއާއި ސެޓުގައި ހިމެނޭ އެންމެންވެސް ޝިލްޕާގެ މަތިން ވަރަށް ހަނދާންވާ ކަމަށާއި ޝޯވގެ މުޅި ކްރޫގެ މެދުގައި ވަނީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ.
އަދި ޝޯވގެ މުޅި ކްރޫއަކީ އެއް އާއިލާއެއް ކަމަށާއި އެއިން އެކަކު މަދުވިޔަސް އެއީ ލިބޭ ދަތިކަމެއް ކަމަށް ބުނެފައިވެއެވެ. ޝިލްޕާ އެނބުރި އަންނަނީ ކޮންއިރަކުތޯ ސުވާލުކޮށް މެސެޖު ކުރި ކަމަށާއި އެކަމަށް ޝިލްޕާގެ އެއްވެސް ޖަވާބެއް ނުލިބުނު ކަމަށް އަނޫރާގް ބުނެފައިވެއެވެ. އެހެންކަމުން ޝިލްޕާ އެނބުރި އައުމާއިމެދު އެއްޗެއް ބުނަން ނޭނގޭކަމަށާއި އޭނާއާއި ޝޯވގެ މުޅި ކްރޫވެސް ޝިލްޕާ މަތިން ވަރަށް ހަނދާންވާކަމަށް އޭނާ ބުނެފައިވެއެވެ.
ޝިލްޕާގެ ފިރިމީހާ ހައްޔަރުކުރި ފަހުން މީޑިއާތަކާއި ދުރުވެގެން ހުރި ޝިލްޕާ ވަނީ ދާދި ފަހުން މީސްމީޑިއާއަށް ވީޑިއޯއެއް ދޫކޮށްލާފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ދުޅަހެޔޮކަމާއެކު ދިރިއުޅުމާއި ދިރިއުޅުމަށް ޔޯގާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ



