ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝާހްރުކްގެ ދަރިފުޅު ސުހާނާ ބޮލީވުޑަށް ނުކުންނަނީ

ބޮލީވުޑްގެ މަޤްބޫލު އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ނުކުންނަން އުޅޭ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެފިއެވެ.

 

މަޢުލޫމާތު ލިބޭ ގޮތުގައި ސުހާނާ ބޮލީވުޑަށް ނެރޭނީ ފިލްމު “ގަލީ ބޯއީ” އާއި “ޒިންދަގީ ނާ މިލޭގީ” ޑައިރެކްޓްކުރި ޒޯޔާ އަޚްތަރު މިހާރު ތައްޔާރު ކުރަމުންދާ ފިލްމުންނެވެ. މި ފިލްމަކީ މުޅި ދުނިޔޭގައި މަޝްހޫރު ކޮމިކް ވާހަކަ “އާޗީ” އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މިވަޤުތު އެމެރިކާގައި ކިޔަވަން ގޮސް ހުރި އުމުރުން 20 އަހަރުގެ ސުހާނާ ވަނީ މީގެ ކުރިން ވެސް “ދަ ގްރޭ ޕާޓް އޮފް ބްލޫ” ނަމަކަށް ކިޔާ ކުރު ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައެވެ.

EXCLUSIVE: Zoya Akhtar to launch Shah Rukh Khan's daughter Suhana Khan in  the Archie comics adaptation | PINKVILLA

ކުރިން ބެލެވިފައި އޮތީ ސުހާނާ  ބޮލީވުޑަށް ނެރޭނީ އޭނާގެ ބައްޕަ ޝާހްރުކްގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރް ކަމަށެވެ. އެއީ އޭނާ ވަނީ ސުހާނާއާއެކު ގިނަ އިންޓަވިއުތަކެއް ވެސް ކޮށްފައެވެ. ކަރަން އަކީ ޝާހްރުކްގެ “ކުޗް ކުޗް ހޯތާ ހޭ” އާއި “ކަބީ ޚުށީ ކަބީ ޣަމް” އަދި “ކަބީ އަލްވިދާ ނާ ކެހެނާ” ގެ ޑައިރެކްޓަރެވެ.

މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް ކަނޑައެޅިފައި ނުވިނަމަވެސް، ފިލްމު ރިލީޒްކުރާނީ ނެޓްފްލިކްސް އާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top