ދުނިޔޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސްޕެނިޝް ސީރީޒްގެ އެންމެ ފަހު ސީޒަންގެ އެޕިސޯޑްތައް ގެނެސްދޭން ބާކީ މިއޮތީ އެންމެ 14 ދުވަހެވެ. ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދެމުން އަންނަ މި ސީރީޒްގެ 04 ސީޒަނެއް މިހާތަނަށް ގެނެސްދީފައިވާއިރު ޖުމްލަ 31 އެޕިސޯޑެއް އޭގެތެރޭގައި ހިމެނެއެވެ.

ސީރީޒް ނިމެން ބާކީ އޮތީ 10 އެޕިސޯޑެވެ. ސީޒަން 05 ދެބަޔަކަށް ބަހާލައިގެން ގެނެސްދޭން ހަމަޖެހިފައިވާއިރު ފުރަތަމަ ވޮލިއުމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މިފެށޭ ސެޕްޓެމްބަރު މަހުގެ 03 ވަނަ ދުވަހެވެ. އަދި ދެވަނަ ވޮލިއުމް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހެވެ.

ސީރީޒްގެ މިހާ ހިސާބަށް އައި އިރު 01 ހައިސްޓް ނިންމާ މިހާރު މަސައްކަތް ކުރަމުން ދަނީ ދެވަނަ ހައިސްޓްގެ ނިންމުމާ ހިސާބުގައެވެ. ވަރަށް ކާމިޔާބު ކަމާއެކު ފުރަތަމަ ހައިސްޓް ނިންމާލީ ފުރަތަމަ 02 ސީޒަންގައެވެ. ފުރަތަމަ ހައިސްޓް ކާމިޔާބު ވީނަމަވެސް ދެވަނަ ހައިސްޓްގައި ކުރިމަތިވަމުން ދަނީ ބޮޑެތި ގޮންޖެހުންތަކާއެވެ. ބެލުންތެރިންގެ ހިތުގައި މިހާރު އެތައް ސުވާލުތަކެއް އުފެދިފައި ހުންނާނެކަން ކަށަވަރެވެ.

އެގޮތުން މިމަހު ބެލުންތެރިންނަށް ދައްކާލި މަނީ ހައިސްޓް ސީޒަން 05 ގެ އޮފިޝަލް ޓްރެއިލަރގައި ބެލުންތެރިން ސިއްސާލި މަންޒަރެއް ފެނިގެންދިޔައެވެ. ޕޮލިސް ޓީމުގެ ތެރެއިން ފެނުނު މޫނެއް ޕްރޮފެސަރާ ވައްތަރު ވުމުންނެވެ. އެއީ ޕްރޮފެސަރު ކަމާމެދު ޝައްކު އުފެދޭނެކަން ޔަޤީނެވެ. މިއީ ވެސް މިފަހަރުގެ ޕްލޭންގެ ބައެއްބާއެވެ.

https://www.youtube.com/watch?v=htqXL94Rza4&t=35s

މިފަހަރުގެ ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނިމިދިޔަ ސީޒަން ތަކުގައި މަރުވި ބާލިން ގެ ކެރެކްޓަރ ކުޅުނު ‘ޕެޑްރޯ އަލޮންސޯ’ އާއި ނައިރޯބީގެ ކެރެކްޓަރ ކުޅުނު ‘އަލްބާ ފްލޯރެސް’ ފެނިގެންދިއުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.