ޑާކްރެއިން އެންޓަޓެއިންމަންޓުން މި އަހަރު ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު، ‘ވަކިން ލޯބިން’ ގެ ޕްރޮމޯޝަނަލް ލަވަ ‘ޕަރީ’ ރިލީޒް ކުރަން އެ ސްޓޫޑިއޯ އިން ތައްޔާރުވެއްޖެ އެވެ.
ފިލްމުގައި ހަވަރަކަށް ލަވަ ހިމެނޭއިރު ފުރަތަމަ ޕްރޮމޯޝަނަލް ވީޑީއޯގެ ގޮތުގައި، ފިލްމުގައި ހިމެނޭ ލަވައެއް ކަމުގައިވާ އެކްއެޓިކް ވައިބްސް ގެ ‘ޕަރީ’ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
‘ޕަރީ’ އަކީ މަޝްޙޫރު މިއުޒިކް ބޭންޑް، އިކުއެޓިކް ވައިބްގެ ރީތި އަމިއްލަ ރާގުގެ ލަވައެކެވެ. މި ލަވައިގެ ވީޑިއޯ ނެރުމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ތައްޔާރުވެފައިވާއިރު، އެ ސްޓޫޑިއޯއިން މީގެ ކުރިން ވަނީ އެ ލަވައިގެ އޯޑިއޯ ސައުންޑްކްލައުޑްގައި އާންމުކޮށްފައެވެ. ‘ޕަރީ’ ގެ އިތުރުން އެހެން ދެ ލަވައެއްވެސް ވަނީ ސައުންޑްކްލައުޑަށް ލާފަ އެވެ.
ފިލްމު ‘ވަކިން ލޯބިން’ މި އަހަރުގެ މާޗު މަހުގެ 5 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި ރިލީޒް ކުރަން ނިންމާފައިވާއިރު އޮންލައިންކޮށް ޓިކެޓް ބުކިން ހެއްދުން މިމަހުގެ 13 ވަނަ ދުވަހުގެރޭ ވަނީ ހުޅުވާލާފަ އެވެ. އެ ސްޓޫޑިއޯ އިން ބުނީ ޓިކެޓް ބުކްކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ޓިކެޓުގެ އަދަދާއި، ޓިކެޓު ބުކްކުރަން ބޭނުންވާ ތާރީޚާއި، ގުޅޭނެ ފޯނު ނަންބަރު ‘ވަކިން ލޯބިން’ ފިލްމުގެ ފޭސްބުކް ޕޭޖަށް މެސެޖުކުރުމުން އެކަން ހަމަޖެހޭނެ ކަަމަށެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ފޭސްބްކް ގައި ޕަބްލިޝްކުރި ޕޯސްޓްގައިވާ ފޮޓޯ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި