މީގެ ދެ ހަފުތާކުރިން މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) މުނިއަވަސް އަށް ކޮންމެވެސް ފިލްމީ މަސައްކަތެއްގެ ޝޫޓިން ފޮޓޯތަކެއް ފޮނުވިއެވެ. ކުރަމުން ދިޔައީ ކޮން ވަޑާމެއްކަން ބުނަން ހަމަ ހިތަށްވެސް ނޭރުވިއެވެ. އަމްޖޭގެ ލާނެތް އިސްޓައިލްގައި ހީނލަމުން އަމްޖޭ ބުނީ މިއީ ވެބް ސީރީޒެއް ކަމަށާ ނަމަވެސް ފިލްމެއްގެ ގޮތުގައިވެސް މި އުފެއްދުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި އުފެއްދުމުގެ އިތުރު މަޢުލޫމާތުތައް މިހާރު މިއޮތީ އާއްމުކޮށްފައެވެ. އަމްޖޭ ލިޔެ ޑައިރެކްޓްކުރާ މި އުފެއްދުމަކީ “ބްްރިޖް” ގެ ނަމުގައި އުފައްދާ ކޮމެޑީ ސީރީޒެކެވެ.
އަމްޖޭގެ “ބްރިޖް”ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި، މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބް، މަޤްބޫލު އެކްޓަރ ޝަމީލް، ކޮމެޑީގެ ރަސްގެފާނު އަޙްމަދު ޝާޒް (ތަޖޫ)، ހުނަރުވެރި އެކްޓްރެސް އާމިރާ، މަންމަ ބަޔަށް ހިތްގައިމު މަރިޔަމް ހަލީމްގެ އިތުރުން އުއްމީދީ އެކްޓަރ އަނިލް ހިމެނެއެވެ.
ބޮޑު ބައެއްގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ “ބްރިޖް” ކޮމެޑީ ސީރިސް ޝޫޓްކޮށްފައިވަނީ ހުޅުމާލޭގައެވެ.
މި ޕެންޑަމިކް ދުވަސްވަރުގަ އެތައް ބަޔަކު ހާސްކަމުގަ ތިބިއިރު، އެމީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް އަމްޖޭގެ “ބްރިޖް”ގެ ސަބަބުން ލިބިގެން ދިއުން އެއީ އަމްޖޭ އާއި އޭނާގެ ޓީމުން ކުރާ އުއްމީދެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!