“މަނީ ހައިސްޓް”އަކީ 2017 ވަނަ އަހަރުން ފެށިގެން ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދެމުން އަންނަ ސްޕެނިޝް ސީރީޒެކެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާ މި ސީރީޒަކީ ވަރަށް ރޭވުންތެރިކަމާއެކު ބޭންކެއް ފަޅާލައިގެން އުޅޭ މަންޒަރު ފެނިގެންދާ ސީރީޒެކެވެ.

މިއަދާ ހަމައަށް ސީރީޒްގައި ޖުމްލަ 04 ސީޒަނެއްގައި 31 އެޕިސޯޑް ވަނީ ގެނެސްދީފައެވެ. އަދި 05 ވަނަ ސީޒަންގެ 10 އެޕިސޯޑްގެ މަސައްކަތް ނިންމައި މިހާރު ވަނީ ރިލީޒްކުރަން ތައްޔާރުވެފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި “މަނީ ހައިސްޓް ސީޒަން 05” މިއީ މި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ. އެންމެ ފުރަތަމަ 02 ސީޒަނުން ނިންމާލި މި ސީރީޒަށް ލިބުނު ތަރުޙީބެއްގެ ބޮޑުކަމުން 03 ވަނަ އަދި 04 ވަނަ ސީޒަނެއް ގެނެސްދިނީއެވެ.

އަދިވެސް ބެލުންތެރިންގެ މެދުގައި މި ސީރީޒަށް އޮތް ޝައުޤުވެރިކަން ވަކި ކުޑައެއް ނޫނެވެ. ސުވާލަކީ “މަނީ ހައިސްޓް ސީޒަން 06″ގެ ނަމުގައި މި ޓީމުން އެނބުރި އަންނަތަން ފެންނާނެބާއެވެ. “މަނީ ހައިސްޓް”ގެ ވާހަކަ ލިޔުނު ‘ޖޭވިއަރ ގޮމޭޒް’ މިކަމާ ބެހޭގޮތުން ވަނީ ޖަވާބު ދީފައެވެ. އޭނާ ޔަޤީން ކޮށްދިނީ “މަނީ ހައިސްޓް”ގެ 06 ވަނަ ސީޒަނެއް ނާންނާނެ ކަމެވެ. އިތުރު ޕްލޭނެއް ނެތް ކަމެވެ.

Money Heist Season 5: The Professor and Berlin discuss their current state of mind among themselves regarding the ending of series - Tech2Sports

“އަހަރެން އެއްވެސް ވަރަކަށް ޚިޔާލެއް ނުކުރަން ދެން މި ސީރީޒް އިތުރަށް ކުރިއަށް ގެންދާކަށް! ދެން އިތުރަށް ރޫލް ކުރާކަށް ނެތިން، މިއީ ޙަޤީޤަތަކީ، އަދި، އަހަރެން މިހާރު ވަރުބަލިވެއްޖެ! މި ސީރީޒްގެ ނިމުން އަންނަ ގޮތް ވަރަށް ރީތިވާނެ، ހަމަ ޤައިމުވެސް އަހަރެންނަށް ވަރަށް ކަމުދޭ މީތި މި ނިމޭ ހިސާބު!” ޖޭވިއަރ ކިޔައިދިނެވެ.

އަދިވެސް އޭނާ ބުނެފައިވެއެވެ. “އިރެއްގައި ސަޕޯޓު ލިބިގެން އަހަރެން ވެސް އިންޓަރެސްޓް ހުރީމަ އައިޑިއާ ގެނެސްގެން ސީޒަންތައް އިތުރުކުރިން! އޯކޭ… އެކަމަކު މިހާރު، ދެން ކުރިއަށް ދާކަށް ނެތިން!”

މަނީ ހައިސްޓްގެ 05 ވަނަ ސީޒަންގެ ފުރަތަމަ ވޮލިއުމް އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު މިހާރު ބެލުންތެރިން ތިބީ ކެތްމަދު ވެފައެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބާއެކު 03 ސެޕްޓެމްބަރުގައި ޓީމް “މަނީ ހައިސްޓް” ބައްދަލު ކުރާނެއެވެ.

https://www.youtube.com/watch?v=htqXL94Rza4

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.