ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެ.
2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ސޮއި ކުރި ރޮނާލްޑޯ 12 އަހަރަށްފަހު މިއަދު ވަނީ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ގޮސްފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 05 ފަހަރު ހޯދައިފައިވާ ރޮނާލްޑޯ ޔުވެންޓަސްގައި ހޭދަކުރީ ދެ އަހަރެވެ.
ޔުވެންޓަސް ދޫކޮށްލަން އަމިއްލައަށް ނިންމި ރޮނާލްޑޯ ޕްރިމިއަރ ލީގަށް އަލުން ގެންނަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މެންޗެސްޓަރ ސިޓީއިންނެވެ.2003 އާއި 2009 އާ ދެމެދު ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާއިރު އޭނާ ވަނީ އެޓީމަށް 84 ލަނޑު ކާމިޔާބުކޮށްފައެވެ.
އުމުރުން36 އަހަރުގެ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ދިޔަނަމަވެސް އަދި ރޮނާލްޑޯއަށް ދޭނީ ކިހާވަރެއް ކަމެއް ޔަޤީނެއް ނުވެއެވެ.
