މަނީ ހައިސްޓް ސީޒަން 05 ގެ ފުރަތަމަ އެޕިސޯޑްގެ ފުރަތަމަ 15 މިނެޓު ބެލުންތެރިންނަށް ދައްކާލައިފިއެވެ. މާދަމާ ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ހަމަޖެހިފައިވާ މަނީ ހައިސްޓްގެ 05 ވަނަ ސީޒަންގެ ފުރަތަމަ 15 މިނެޓު ބަލައިފި މީހަކު ހުންނާނީ މަނީ ހައިސްޓް އެއްކޮށް ބަލަން ކެތްމަދުވެފައި ކަން ޔަޤީނެވެ.

މިރޭ ދައްކާލި މި 15 މިނެޓުގައި ފެނިގެންދަނީ ދެވަނަ ހައިސްޓްގެ ނިމުމަކަށް އައިސް އެކަން ކާމިޔާބުވުމުގެ ކޮޅުމަތި ފެނުމުން އެކަމުގެ އުފަލުގައި ހުއްޓާ އިނިސްޕެކްޓަރު އައިސް ޕްރޮފެސަރު އަތުލައިގަންނަ މަންޒަރެވެ. އަދި އޭނާ ގޮނޑިއެއްގައި ބޭންދުމަށްފަހު ޗޭނު އޮޅައި ބަނދެ، އިނިސްޕެކްޓަރު ޕްރޮފެސަރާ ސުވާލުކޮށް އޭނާގެ ޕްލޭން ކިޔައިދިނުމަށް އެދެއެވެ. އަދި ނިމޭ ހިސާބުން ޕްރޮފެސަރުގެ ފަޔަށް ވަޒަނެއް އަރާ މަންޒަރު ވެސް ފެނިގެންދެއެވެ.

މަނީ ހައިސްޓްގެ އެންމެ ފަހު ސީޒަނުގެ ފުރަތަމަ 05 އެޕިސޯޑް މާދަމާ ނެޓްފްލިކްސް އިން ދައްކަން ފަށާއިރު ފަހު 05 އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.

ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ”މަނީ ހެއިސްޓް“ އަކީ 2017 ވަނަ އަހަރު ދައްކަން ފެށި ސީރީޒެކެވެ. މި ސީރީޒްގައި މިހާތަނަށް 04 ސީޒަނެއްގައި ޖުމްލަ 31 އެޕިސޯޑް ވަނީ ގެނެސްދީފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.