ރިޝީ ކަޕޫރްގެ “ޝަރްމާޖީ ނަމްކީން”ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ. މިދިޔަ އަހަރުގެ އެޕްރީލު 30 ގައި ރިޝީ ކަޕޫރް މަރުވިއިރު ފިލްމުގެ ޝޫޓިންގ އެއްކޮށް ނުނިމި އޮތުމުން އޭނާގެ ރޯލު ފަހުން ކުޅެ ފުރިހަމަކޮށްފައިވަނީ ޕަރޭޝް އެވެ.

ރިޝީގެ އުފަންދުވަހާ ދިމާކޮށް ދައްކާލި “ޝަރްމާޖީ ނަމްކީން”ގެ ފުރަތަމަ ޕޯސްޓަރުގައި ފެންނަނީ ރިޝީ، ބްރީފްކޭހަކާއެކު މަގަކުން ހިނގާފައި އަންނަ މަންޒަރެވެ. އަދި ހަމަ އެ ކޮސްޓިއުމްގައި ޕަރޭޝްގެ ފޮޓޯއެއް ވެސް ވަނީ ޢާންމުކޮށްފައެވެ.

ހިތޭޝް ބަޓިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 60 އަހަރުގެ މީހެއްގެ ވާހަކަ ކިޔައިދޭ ލައިޓް ހާޓެޑް ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި ރިޝީގެ އިތުރުން ޖޫހީ ޗާވްލާ ވެސް ފެނިގެންދާނެއެވެ.

އެކްސެލް އެންޓަރޓެއިންމެންޓާއި މެކްގަފިން ޕިކްޗާރސް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ރިތޭޝް ސިދުވާނީ އާއި ފަރްޚާން އަޚްތަރު އަދި އަބީޝޭކް ޗައުބޭގެ އިތުރުން ހަނީ ތުރޭހާން ހިމެނެއެވެ.

ރިޝީ ކަޕޫރް އެންމެ ފަހުން ފެނިފައިވަނީ 2019ގައި ރިލީޒްކުރި ފިލްމު “ބޮޑީ”އިންނެވެ.

“ޝަރްމާޖީ ނަމްކީން” ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.